ރާއްޖެ ހިފަން އައި އެއްވެސް ލަޝްކަރެއްގެ ކޮމާންޑަރަކަށް ސަލާމަތުން އެނބުރި ނުދެވޭ: އުމަރު ނަސީރު

ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ހަނގުރާމާއިގައި ވަރަށް ހާއްސަ މަޤާމެއް ހޯދާފައިވާ ޤައުމެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި އުމަރު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެ ހިފަން އައި އެއްވެސް ލަޝްކަރެއްގެ ކޮމާންޑަރަކު އެމީހުންގެ އަމިއްލަ ވަޒަނަށް ސަލާމަތުން އެނބުރި ދެވިފައި ނުވާކަމަށެވެ. މިގޮތުން ޕޯޗުގީޒުންގެ ވެރިޔާ އަނދިރި އަނދިރިން، މަލާބާރީންގެ ކޮމާންޑަރު ކަނައްކާ ފޫޅު އަދި 3 ނޮވެމްބަރު ގެ ހަމަލާގެ ކޮމާންޑަރު ވަސަންތީވެސް ދިވެހިންގެ އަތްދަށުގައި މަރުވެފައިވާ ކަން އުމަރު ފާހަގަކުރެއްވިއެވެ. އުމަރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ މި ޝަރަފު އޮތް ހަމަ އެކަނި ޤައުމެވެ. Maldives hold a special place in the history of freedom fighting. We are the only country in the world, whose invading army commanders never returned home. ‘Andhiri Andhirin’, ‘Kanakka foolhu’ (Malabar Commander) & Vasanthi; all were killed & barried here. HAPPY VICTORY DAY.— Umar Naseer (@UmarNaseerMV) November 3, 2019ދިވެހި ތާރީހުގައި އަބަދުވެސް ރާއްޖޭގެ މިނިވަންކަން ގެއްލިގެންގޮސް ފައިވަނީ ދިވެހިންގެ ބައެއްގެ ބައިވެރިވުމާއި އެކުގައި ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ދިވެހިންގެ ތެރެއިން ބަޔަކު ވަނީ ތެދުވެ ޤައުމުގެ މިނިވަންކަން އިއާދަކޮށްފައެވެ. 
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ