ނަޝީދުގެ އިސްތިއުފާއާ ގުޅިގެން ދިޔާނާ ހުށަހެޅި މައްސަލައިގެ ލިޔުންތައް ސްޕްރީމް ކޯޓުން ގެންގޮސްފި
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދިނުމަށް މަޖުބޫރުކޮށްފައި ވަނީ ގާނޫނީ ހަމަތަކުން ބޭރުން ކަމަށް ކަނޑައަޅައިދިނުމަށް، ކުރީގެ ޖެންޑާ މިނިސްޓަރު ފާތިމަދު ދިޔާނާ ސައީދު ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓުން ގެންގޮސްފި އެވެ. ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ ދިޔާނާ ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުގެ އަމުރަކުން އެ ކޯޓަށް އަންގާފައިވާ ކަމަށެވެ. އެކޯޓުން ބަލަމުން އަންނަ އެ މައްސަލައިގެ ފައިލް ސުޕްރީމްކޯޓަށް ފޮނުވުމަށް އަންގާފައި ވާތީ، އެ މައްސަލަ މިހާރު ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ