އަބްދުﷲ ގާޒީ ގެއަށް ފޮނުވާލީ ސްޕްރީމް ކޯޓުން! އާޒިމާ މިއަދު އަބްދުﷲ ގާޒީ އާއި ބައްދަލުކުރި!

ކްރިމިނަލް ކޯޓުގެ އިސް ގާޒީ މިއަދު ގޭގައި މަޑު ކުރުމަށް ސްޕްރީމް ކޯޓުގެ ސިޓީ އަކުން އަންގައިފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ ގާޒީ މިއަދު ގޭގައި މަޑު ކުރެއްވުމަށް އެންގެވުމާއި ގުޅިގެން ރައީސުލް ޖުމްހުރިއްޔާގެ އޮފީހުގެ އެޑްވައިޒަރ އަދި ވަގުތީ ގޮތުން ހޯމް މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެން ހުންނެވި އަލްއުސްތާޒާ އާޒިމާ ޝަކޫރު ވަނީ މީގެ ދެ ގަޑިއެއްހާ އިރު ކުރިން ކްރިމިނަލް ކޯޓުގައި އަބްދުﷲ ގާޒީ އާއި ބައްދަލު ކުރައްވާފައެވެ.
އާޒިމާ ޝަކޫރު އަބްދުﷲ ގާޒީ އާއި ބައްދަލު ކުރެއްވީ އެބޭފުޅާ އާއިލާއާއި ބެހޭ ކޯޓަށް ބަދަލު ކުރެެއްވުމާއި ގުޅޭ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.
ކްރިމިނަލް ކޯޓު މިވަގުތު ހިންގަވަމުން ދަނީ ގާޒީ ބާރީގެ ބެއްލެވުމުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ