22.40 - ދެހާސް ދިހަ ވަނަ އަހަރުގެ ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމަށް ބޭއްވި ހަފުލާ ނިންމާލައިފި އެވެ.
22.33 - އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ މުހައްމަދު އާރިފް (ބަކާ) އެވެ.
22.21 - އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރި އަކަށް ހޮވުނީ މާޒިޔާގެ އަލީ ނާފިއު (ކަޅޭ) އެވެ.
22.19 - ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށް ދޭ ހާއްސަ އެވޯޑު މިފަހަރު ދީފައިވަނީ އަހުމަދު މުހައްމަދު (ދޮނާ) އަށެވެ.
22.12 - މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ވީބީގެ އަލީ އަފްޝާގް (ދަގަނޑޭ) އަށް ހަވީރުގެ ފަރާތުން ދޭ ރަންބޫޓު ހަވާލުކޮށްފި އެވެ. ސަސްޕެންޝަނުގެ ސަބަބުން ގިނަ މެޗުތަކެއް ނުކުޅެވުނު ނަމަވެސް، ދަގަނޑޭ ވަނީ މިދިޔަ ސީޒަނުގައި 30 ލަނޑު ޖަހާފަ އެވެ. މިއީ ދަގަނޑޭ މި މަގާމް ހޯދި ފަސް ވަނަ ފަހަރެވެ.
22.09 - އެންމެ މޮޅު ކޯޗުގެ މަގާމު ހާސިލުކުރީ ވީބީ ސްޕޯޓްސްގެ ކޭން ވަންލީ އެވެ.
22.06 - އެންމެ މޮޅު ފުޓްބޯޅަ ރެފްރީއަކަށް ހޮވުނީ އަލީ ސަލީމް އެވެ.
21.56 - އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމު ހޯދީ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.
21.52 - އެކާވީސް އަހަރުން ދަށުން އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއަކަށް ހޮވުނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
21.48 - އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމު ހޯދީ އައިޝަތު ޝައްފަ އެވެ.
21.46 - އެކާވީސް އަހަރުން ދަށުން އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިއަކަށް ހޮވުނީ އައިޝަތު މާޖިދާ އެވެ.
21.39 - އެންމެ މޮޅު ފިރިހެން ބާސްކެޓް ބޯޅަ ކުޅުންތެރިއަކަށް ހޮވުނީ އަލީ ފަޒްލީ އެވެ.
21.35 - އެކާވީސް އަހަރުން ދަށުން އެންމެ މޮޅު ފިރިހެން ބާސްކެޓް ބޯޅަ ކުޅުންތެރިއަކަށް ހޮވުނީ އިބްރާހިމް އަންފާލް އެވެ.
21.29 - އެންމެ މޮޅު އަންހެން ބާސްކެޓް ބޯޅަ ކުޅުންތެރިއަކަށް ހޮވުނީ އާމިނަތު ޝިއުރާ އެވެ.
21.27 - އެކާވީސް އަހަރުން ދަށުން އެންމެ މޮޅު އަންހެން ބާސްކެޓް ބޯޅަ ކުޅުންތެރިއަކަށް ހޮވުނީ ޒުލޭހާ އިބްރާހީމް އެވެ.
21.17 - ހަވީރުގެ ޓޮޕް ފަސް ކަސްޓަމަރުންނަށް ދޭ އެވޯޑު ހާސިލުކުރީ ވަތަނިއްޔާ އާއި ދިރާގާއި އެސްޓީއޯގެ އިތުރުން އައިލެންޑް އޭވިއޭޝަން އާއި ސިމްޑީން ހިންގާ ސްމާޓް ޑިޒައިންސް އެވެ.
21.10 - ހަވީރު ސްޕޯޓްސް އެވޯޑްސް 2010 ދިނުމަށް ބާއްވާ ހަފުލާ ދަރުބާރުގޭގައި ފެށިގެން ކުރިއަށް އެބަ ދެއެވެ.
އެހެން އަހަރުތަކަށް ވުރެ ކުލަގަދަކޮށް ބާއްވާ ހަވީރު ސްޕޯޓްސް އެވޯޑްސްގެ މި އަހަރުގެ ހަފުލާގައި ފުޓްބޯޅަ އާއި ވޮލީބޯޅަ އަދި ބާސްކެޓުން 23 އެވޯޑެއް ދޭނެ އެވެ. މީގެ ތެރޭގައި މިދިޔަ އަހަރު އަލަށް ތައާރަފްކުރި 13 މަގާމު ހިމެނެ އެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސްގެ ފެށުން ކަމަށްވާ ރަންބޫޓު މިދިޔަ ސީޒަނުގައި 30 ލަނޑު ޖަހައިގެން ކާމިޔާބުކުރީ އަލީ އަޝްފާގް )ދަގަނޑޭ( އަށް ހަވީރު ރަންބޫޓާއެކު 20،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. މިއީ ދަގަނޑޭ މި މަގާމް ހޯދި ފަސް ވަނަ ފަހަރެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސް 2010: ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ބަކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ