ލޮކްޑައުން ގައި ލަމް ގެ ކަމަކީ ގޭގައި އިނދެ ތަފާތު ގޮތް ގޮތަށް ފޮޓޯ ނެގުން

ލޮކްޑަައުން އާއެކު ގިނަ ބައެއްގެ ދިރިއުޅުމަށް މި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެ ތެރޭގައި އަހަރެމެންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިން ވެސް ހިމެނެއެވެ.
މީސް މީޑިއާ ގެ ތެރޭގައި ވެސް އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ވެސް ލަމްހާ ލަތީފް އަކީ ބެލުންތެރިންނަށް އާ މޫނަކަށް ނުވާނެއެވެ. ލަމް އަބަދުވެސް ފާހަގަވެފައި އޮންނަނީ މީސް މީޑިއާގައި ބެލުންތެރިންނާއި ވަރަށް ގާތް ގުޅުމެއް ބަހައްޓާ ތަރިއެއްގެ ގޮތުގައެވެ.
އެގޮތުން ދެމަފިރިން ތަފާތު އެކި އެކި ތަންތަނަށް ކުރާ ދަތުރު ތަކުން ފުރިފައި އޮންނަ ލަމް ގެ އިންސްޓަގްރާމް އަށް ލޮކްޑައުން ގައި ފަޅުކަމެއް އައިސްފައިވަނިކޮށް ލަމް މިިވަނީ އެ ފަޅުކަން ފިލުވުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން ލަމް މި ވަނީ ގޭގައި ހުންނަ ތަފާތު އެކި އެކި ޕްރޮޕްތައް ބޭނުންކޮށް ގޭގައި ތަފާތު ގޮތް ގޮތަށް ފޮޓޯ ނަގަން ފަށާފައެވެ.
މިފަދަ ފުރަތަމަ ޑީއައިވައި ފޮޓޯތައް ހިއްސާ ކުރަމުން ލަމް ލިޔެފައިވަނީ ލޮކްޑައުުންގައި ގިނަ ވަގުތު ޓިކްޓޮކް ގައި ހޭދަކުރެވޭ ކަމަށާއި މި އައިޑިއާ ލިބިފައިވަނީ ޓިކްޓޮކުން ކަމަށެވެ. ލަމް މި ފޮޓޯތައް ނަގާފައިވަނީ ތާސް ބައިގެ ގަނޑުތަކެއް ބޭނުންކޮށްގެންނެވެ.
ލަމް ގެ ދެވަަނަ ޑީއައިވައި ޝޫޓް އަކީ ލޯގަނޑެއް ބޭނުންކޮށް ނަގާފައިވާ ވަރަށް ފުރިހަމަ ފޮޓޯތަކެކެވެ. އަދި ލަމް މި ފޮޓޯ ތައް ހިއްސާކުރަމުން ފޭނުން މި ފަދަ ފޮޓޯތައް ނެގުމަށް ޓްރައި ކުރާނަމަ ލަން އަށް ޓެގް ކުރަން ވެސް އެދިފައިވެއެވެ.
ލަމް މިހާތަނަށް ނެގި އެންމެ ތަފާތު ފޮޓޯ ތަކަކީ ޓެރަސް ގައި ދޮރުފަތިތަކެއް ބޭނުން ކޮށްގެން ނަގާފައިވާ ފޮޓޯތަކެވެ. މި ފޮޓޯތައް ހިއްސާކުރަމުން ލަމް ވަނީ އެއީ ގޭގައި ދެމަފިރިން ޑޭޓަކަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. އަދި ގޭގައި ތާށިވެފައި ތިބޭއިރު ލިބޭ މަދު ޕްރޮޕްްސް ތަކުން ކްރިއޭޓިވް ވުމަކީ މުހިންމު ކަމެއް ކަމަށް ލަމް ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް ލަމް ވަނީ ތަފާތު އެކި ގޮތް ގޮތަށް ފޮޓޯ ނަގާފައެވެ. އެގޮތުން އޮރެންޖެއް ބޭނުން ކޮށް ނެގި ފޮޓޯ ތަކާއި ކުރީގެ ފޮޓޯ އަލްބަމް އެއް ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތަކެއް ވެސް ހިމެނެއެވެ.
ހަމަގައިމުވެސް މިއީ ލޮކްޑައުން ދުވަސްވަރު ފޫހި ފިލުވުމަށް ކުރެވިދާނެ ވަރަށް ރަނގަޅުކަމެކެވެ. މީގެ ތެރެއިން އެއްވެސް ފޮޓޯ އެއް ގޭގައި ނަގާފައި އިންސްޓަގްރާމް ކުރާނަމަ ލަމް އަށް ޓެގް ކޮށްލަން ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ