ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ބަންދެއްގައި ހުންނަވަންޖެހޭ ބޭފުޅެއް ނޫން ކަަމަށާއި އެމަނިކުފާނު ކަފާލާތުގެ ދަށުންވެސް ދޫކޮށްލުން މާ ލަސްވެއްޖެ ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ވީޓީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވަހަކަފުޅު ދައްކަވަމުން ސަމީރު ވިދާޅުވީ ކަފާލާތުގެ ދަށުން ގާސިމް އިބްރާހިމް މިނިވަން ކޮށްފައިވާއިރު އެމަނިކުފާނު މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ރައްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ސަމީރު ވިދާޅުވީ ގާސިމަށް ކޮށްފައިވާ ހުކުމަކީ އެއްވެސް ކަހަލަ ކުށެއް ކޮށްގެން ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ގާސިމްގެ މައްޗަށް ހިންގުނު ޝަރީޢަތް ކުރިއަށް ދިޔައީ ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތައް ފުރިހަމަ ނުވެ ކަމަށެވެ.
އަދި އެމަނިކުފާނުގެ ދަރިކަލުން ވިލާ ގްރޫޕްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ސިޔާދު ގާސިމް އާއި ދޭތެރޭވެސް އެހާ އިހާނެތިކޮށް ކަންތައްތައްކޮށް ޖަލަށްލީ އެއްވެސް ކުށެއް އޮވެގެން ނޫން ކަމަށެވެ.
މިހުރިހަ ކަމަކީ ވެސް ރައީސް ޔާމީން ގާސިމް އިބްރާހިމްގެ ބޯ ސަރުކާރަށް ލެންބުމަށްޓަކައި ކުރި ހުދުމުޚުތާރު ކަންތައްތައް ކަމަށް ސަމީރު ވިދާޅުވި އެވެ. އެހެންނަމަވެސް އާޚިރުގައި ގާސިމް އިބްރަހިމް ޖަރުމަނުވިލާތުގައި ހުންނަވައިގެން ވިޔަސް ޖުމްހޫރީޕާޓީގެ ބޭފުޅުންނާ ޕާޓިއަށް ތާއީދުކުރާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުން އިރާދަކުރެއްވީތީ ރައީސް ޔާމީން އެވަނީ ބޮޑުތަނުން ބަލިކޮށްފައި ކަމަށެވެ.
މިއީ ގުޅިފައިވަ ޕާޓީތަކުގެ ލީޑަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރެއްވި މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަން ފާހަގަކުރައްވާ ސަމީރު ވިދާޅުވީ މިކަމުގައި ގާސީމް އިބްރާހީމަކީ ވަރަށް ބޮޑެތި ގުރުބާނީ ތަކެއް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.
ސަމީރު ވިދާޅުވީ މާދަމާ ގާސިމް އިބްރާހިމް ރައްޖެވަޑައިގަންނަވާ އިރު އެމަނިކުފަނަށް ވަރަށް ހޫނު މަރުހަބައެެއް ދެންނެވުމަށް ތައްޔާރުވަމުންދާ ކަމަށާ އެގޮތުން މަލޭގައި ބާއްވާ ރަސްމިއްޔަތު މާލޭ ރަސްމީ ފާލަމުން ފެށިގެންދާނެ ކަަމަށެވެ. އަދި މިހަރަކާތްތަކުގައި އިންތިޚާބީ ރައީސްނ އިބްރަހިމް މުހައްމަދު ސޯލިހަ ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
ގާސިމް އިބްރާހިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި، އެމަނިކުފާނުގެ ސިޔާސީ މުޝީރު އަދި ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހްމަދާއި، ޖޭޕީގެ މެމްބަރ ޑރ. ޝާހު މާހިރުވެސް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ އެވެ.
ހަމަ އެއާއެކު އެމަނިކުފާނުގެ ދެދަރިކަލުން ކަމަށްވާ މުހަންމަދުއާއި، އިސްމާއީލްވެސް އެމަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ގާސިމް ކަފާލާތުގެ ދަށުން ދޫކޮށްލުންވެސް ލަސްވެއްޖެ: ސަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ