ބީއެމްއެލް ހަތަރުވަނަ ކިޑްސް ސްވިމިން ފެސްޓިވަލް ފަށައިފިއެވެ.
މިއަހަރުގެ ފެސްޓިވަލް އަންގާރަ ދުވަހު ފެށިއިރު، ހުކުރު ދުވަހުގެ ނިޔަލަށް ފެސްޓިވަލް ކުރިއަށްދާނެ އެވެ. މި ފެސްޓިވަލްގައި 21 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. 274 ފިރިހެން ފެތުންތެރިން މި ފެސްޓިވަލްގައި ވާދަކުރާއިރު، 201 އަންހެން ފެތުންތެރިން ވާދަކުރެއެވެ.
ފެސްޓިވަލްގައި ކުރިއަށްދާ އުމުރުފުރާތަކަކީ 6 އަހަރުން ދަށް، 8 އަހަރުން ދަށް އަދި 10 އަހަރުން ދަށުގެ އުމުރު ފުރާއެވެ. މި ފެސްޓިވަލްގައި 161 އިވެންޓު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ފެސްޓިވަލަށް ފަހު ހޮނިހިރު ދުވަހު ސްކޫލް ކުދިންގެ 17 ވަނަ ފެތުމުގެ މުބާރާތް ފަށާނެއެވެ. އިންޓަރ ސްކޫލް މުބާރާތް ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން އަންހެން ފިރިހެން ވަކިންނެވެ. އެ އުމުރު ފުރާތަކަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ކިޑްސް ފެސްޓިވަލް ފަށައިފި، ސްކޫލް މުބާރާތް ހޮނިހިރު ދުވަހު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ