ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ 89 މީހުންގެ މައްސަލަ އަލުން ބަލައިގަންނާނީ ހައި ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން މިމައްސަލަ ބޭރުކޮށްލުމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މިހާރު މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި މިއަދު ވަނީ އިސްތިއުނާފުގެ އަޑު އެހުންތައް އެއްކޮށް ނިންމާފައެވެ. ހައި ކޯޓުގެ ފަނޑިޔާރު ވިދާޅުވީ، އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އަންނަ އަޑުއެހުމުގައި އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނީ ދެން މިމައްސަލައާ މެދު ގޮތެއް ނިންމާނީ އިސްތިއުނާފުގައި ހައި ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު ހިނގި ހަމަނުޖެހުން ތަކުގައި ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކޯޓުގައި ހުޅުޖެހުމުގައި ބައިވެރިވިކަމަށް ބުނެ ދައުލަތުން 89 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު މިއެންމެން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.
އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެ އެންމެން އިތުރު ބަޔަކާ އެކު ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ ޕޮލިސް ސްޓޭޝަނަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.
އަދި ތިނަދޫ ކޯޓާއި އަތޮޅު ކައުންސިލްގެ އިދާރާ ކައިރިއަށް އެއްވެ ހުޅުޖަހާފައިވާ ކަމަށެވެ
ތިނަދޫ މައްސަލަ ދެން ބަލައިގަންނާނީ ހައިކޯޓުން ގޮތެއް ނިންމުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ