އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެއެވެ.
އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިފައި ވަނީ މީގެ 30 ވަރަކަށް މިނިޓް ކުރިންނެވެ. ކަރަންޓު ކަނޑައިގެން ގޮސްފައި ވަނީ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން މީގެ ދެ ރޭ ކުރިންވެސް ކަރަންޓް ކެނޑުނެވެ. އަދި ކަރަންޓް ލިބުނީ ގަޑިއެއްހާ އިރު ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.
އައްޑޫ ސިޓީގެ ރަށްތަކުން މިއަދުވެސް ކަރަންޓު ކަނޑައިގެން ގޮސްފައިވާއިރު އެ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއް މިހާރު ދަނީ ވަމުންނެވެ.
އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓް މައްސަލަ ހައްލު ނުވެ އޮންނަތާ އެތައް އަހަރެއް ވެދާނެއެވެ. އެ މައްސަލަ ހައްލު ކުރުމަށް އާ ޖެނެރޭޓަރުތައް ބަހައްޓައިގެން މަސައްކަތް ފެށިއެވެ. ނަމަވެސް އެ ސިޓީގެ ކަރަންޓް މައްސަލައަށް އެކަށީގެންވާ ހައްލެއް ވަނީ ނުލިބިފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ