މަރު ކޮމިޝަނުގެ މެންބަރުންނަށް ރައްކާތެރިކަން ދޭންޖެހޭ - މައުމޫން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އުފައްދަވާފައިވާ ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ މެންބަރުންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވިއިރު، މިިދިޔަ އާދީއްތަ ދުވަހު މަރު ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްުދުﷲ ގެއްލުވާލި މައްސަލާގައި ވަރަށް ތަފްސީލީ މައުލޫމާތަކެއް ހާމަކޮށްފައެވެ. އަދި އޭގެ ރިޕޯޓް މިއަދު މަޖިލީހުގައި އާއްމުކޮށްފައިވާއިރު، އެކަމުގައި ބައިވެރިވި މީހުންނާއި، ރިޟްވާންއާއި މެދު ކަންތައްކުރިގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތައް ހާމަކޮށްފައި ވެއެވެ.
މަރު ކޮމިޝަންގެ ރައީސް އާއި އެ ކޮމިޝަންގެ މެންބަރުންނަށް ސެކިރުރިޓީގެ ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސާދޭން ޖެހޭނެ ކަމަށް ވަކީލަކު ކުރެއްވި ޓްވީޓަކަށް ތާއީދު ކުރައްވާ މައުމޫން ވިދާޅުވީ، ސުއޫދާއި ކޮމިޝަންގެ މެންބަރުންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށެވެ.
ކޮމިޝަންގެ ރައީސް ސުއޫދު ކުރިން ވިދާޅުވެފައިވާގޮތިގައި، މަރުތަކާއި ގުޅުން ހުރި 29 މައްސަލައެއް ކޮމިޝަނުން ބަލަން ނިންމާފައި ވެއެވެ. ނަމަވެސް މިހާރު އެއަދަދު އިތުރުވެފައި ވުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ