ދެ އިންޖީނު ފެއިލްވެ މާލޭގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ގިނަ ހިސާބުތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނެފައިވަނީ ކަރަންޓު ކެނޑުމަށް މެދުވެރިވެފައިވަނީ ދެ އިންޖީނެއް ފެއިލްވެ ލޯޑު ބޮޑު ވެގެންނެވެ.
ނަމަވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޖީނުތައް ރަނގަޅު ކުރެވި ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.
ދާދިފަހުންވެސް މުޅި މާލެއިން ފެނާއި ކަރަންޓު ދިއުމުން ގަޑިއިރުތަކަކަށް މުޅި މާލެ ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ