ރައީސް މުޙައްމަދު ނަޝީދު އާއި އަދި ރައީސް މައުމޫން އާއި ނުލައި ކުރާ މަޝްވަރާއަކުން ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިއަޖު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ޤައުމަށް ކުރިއެރުމެއް ހޯދުން ނުވަތަ ޤައުމުގެ ކަމެއް ރަނގަޅުކުރުން ކަމަށްވާނަމަ ރައީސް ނަޝީދު އާއި ރައީސް މައުމޫންގެ މަޝްވަރާ ހިމަނަންޖެހޭނެ ކަމަށެވެ.
އަދާލަތު ޕާޓީގެ ފަރާތުން ޝިދާތާ ވިދާޅުވީ އިދިކޮލޫ 4 ލީޑަރުން ނުވަތަ ލީޑަރުން ކަނޑައަޅުއްވާ މަންދޫބުންގެ ބަސް ނުއޮންނާނެ ގޮތަކަށް ކުރާ މަޝްވަރާއެއްގައި އިދިކޮޅު ފަރާތްތަކުން ބައިވެރިނުވާނެ ކަމަށެވެ. 4 ލީޑަރުންގެ ބަސް އޮވެގެން މަަޝްވަރާކުރާނަމަ މަޝްވަރާތަކަށް އިދިކޮޅު ފަރާތްތަކުން އޮތީ ތައްޔާރަށް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވީ ސަރުކާރާއިއެކު މަޝްވަރާކޮށްގެން ނެރެވޭނެ އެއްވެސް ނަތީޖާއެއް އޮންނާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ 4 ލީޑަރުން ގުޅިވަޑައިގެން ޤައުމުގެ ކަންކަން އިޞްލާޙްކުރެއްވުމަށް ފަށްޓަވާފައިވާ މަސައްކަތްޕުޅުތައް އެގޮތުގައި ކުރިއަށް ގެންދަވަން ކަމަށެވެ.
ރައީސް ނަޝީދު އާ ރައީސް މައުމޫން އާ ނުލާ ކުރާ މަޝްވަރާއަކުން ކުރާނެ ފައިދާއެއް ނެތް: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ