ފުލުސް އޮފީހަށް ހާޒިރުވާން މެމްބަރު ސައުދުއަށް އަންގައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
އޭސީސީއިން ތަހުގީގު ކުރަމުންދާ މައްސަލައަކީ ގއ. ވިލިނގިލީ ކައުންސިލްގެ ރައީސްގެ މަގާމުގައި ސައުދު ހުންނެވިއިރު ހިންގި ކަމަށްބުނާ ކޮރަޕްޝަނުގެ މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން ދާދިފަހުން ސައުދު އޭސީސީއަށް ވެސް ހާޒިރުކޮށް ބަޔާނެއް ނަގާފައިވެއެވެ.
ފުލުސް އޮފީހަށް ހާޒިރުވާން ސައުދުއަށް އަންގާފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
ފުލުސް އޮފީހަށް ހާޒިރުވާން ސައުދުއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފުލުހުންގެ އިދާރާއަށް ސައުދު ހާޒިރުކުރަނީ ފުލުހުންނަށް ހުށަހެޅާފައިވާ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާނެއް ނެގުމަށްޓަކާ ކަމަށެވެ.
ސައުދު މާދަމާ ފުލުސް އޮފީހަށް ހާޒިރުކުރިއިރު، ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ވެސް ސައުދު ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.
ސައުދު މިހާރު މަސަައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހުގައެވެ. ސައުދުއާ ގުޅޭ މައްސަލަތައް އޭސީސީން ބަލަން ފަށާފައި މި ވަނީ، އޭނާ އޭނާ އިދިކޮޅު މެންބަރުންނާއެކު މަސައްކަތް ކުރަން ފެއްޓެވުމާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ