20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުން މިރޭ ހިތްދަތި ގޮތަކަށް ބަލިވެއްޖެ އެވެ.
އޭޝިއާ ފުޓްބޯޅައިގެ މުސްތަގުބަލުގައި ފެނިގެންދާނެ އެންމެ ހުނަރުވެރި ޖީލުގެ މެދުގައި ކުޅޭ ސާފްގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވާދަކޮށްފައިވަނީ ސްރީލަންކާއާ އެވެ. މިމެޗު 3-2ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ، ސްރީލަންކާ ޓީމެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެއިން ވަނީ ދެ ލަނޑު ޖަހާފަ އެވެ. ނަމަވެސް ލަންކާ އިން ވަނީ ފަހު ހާފްގައި ތިން ލަނޑު ޖަހާފަ އެވެ. ފަހު ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.
އަންނަ މަހުގެ ތިންވަނަ ދުވަހަށް މި މުބާރާތް ކުރިއަށް ދަނީ މާލޭގަ އެވެ. މުބާރާތުގައި ރާއްޖޭ ހިމެނޭހެން ހަތް ގައުމު ވާދަކުރެ އެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ހިތްދަތި ގޮތަކަށް ރާާއްޖެ ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ