ޝަރީއަތަށް ނުފޫޒު ފޯރުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމެމްބަރަކު ނިސްބަތްވާ ޕާޓީ ބަދަލުކޮށްފި ނަަމަ އެމެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަށް ފާޑުކިޔާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ސުޕްރީމް ކޯޓުން އިންޒާރު ދީފިއެވެ.
ސުޕްރީމް ކޯޓުން ބުނެފައިވާ ގޮތުގައި އެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށް ކޯޓުތަކުގެ ގަވާއިދުގައި ބަޔާންކުރައްވައިފައި ވެއެވެ.
ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ހުރިހާ ބޭފުޅުންގެ އަމަލާއި ބަސްމަގު ބަހައްޓަވަން ޖެހޭނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.
އަދި މިފަދައިން އަންގަވަމުން ދާއިރުވެސް ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް އަދި ކޯޓުތަކުން ނިންމާ ނިންމުންތައް އޮޅޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާއި ގުޅޭ ކަންކަމުގައި ބަޔާން ދިނުމާއި މީޑިޔާގައި މިފަދަ ބަޔާންތައް ޝާއިއުކުރާ ކަން ފާހަގަކުރެވޭ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހާމަ ކުރައްވައިފައެވެ.
އަދި މިފަދަ ފަރާތްތަކާއި މެދު އެއްވެސް އިސްތިސްނާއެއް ނެތި ފިޔަވަޅު އެޅެމުން ދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ