މެމްބަރު ރަޝީދު ސޮއިކުރައްވާ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ބޭރުކުރުމަށް މަޖިިލީހަށް ހުށަހެޅި ލިސްޓުގައި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސޮއިކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން އާންމުކޮށްފި އެވެ.
މި ފޮޓޯގައި ފެންނަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ކުރިމަތީގައި ރަޝީދު އެއްޗެއްގައި ސޮއިކުރައްވަނިކޮށެވެ.
އެ ސޮޔަކީ ފޯޖްކޮށްފައި އޮތް ސޮޔެއްތޯ ކަށަވަރުކޮށްދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިއަދު ވަނީ ފުލުހުންގެ ފޮރެންސިކަށް ވެސް ގޮވާލައްވައިފަ އެވެ.
ޕީޕީއެމްގެ 10 މެމްބަރުންނާ އެކު ޖުމްލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސާ ދެކޮޅަށް މިއަދު މައްސަލަ ހުށަހެޅުމާ އެކު ޕީޕީއެމުން ބުނެފައި ވަނީ އޭގެތެރޭގައި ވަގު ސޮއި ހިމެނޭ ކަމަށެވެ.
މިގޮތުން އަހުމަދު ނިހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ވަގު ސޮއި ހިމަނައިގެން ކަމަށާއި ވޯޓުން އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ