ޕާޓީ ހިންގުމުގެ ބާރު ޔާމީން ދޫކޮށްލެއްވުމަށް މައުމޫނު އެދިވަޑައިގެންފި

ޕީޕީއެމް ހިންގެވުމުގެ ބާރު ދޫކޮށްލައްވައި އެމަނިކުފާނާއި ޕާޓީ ހިންގުމުގެ ބާޜު ހަވާލުކޮށްދެއްވުމަށް އެދި ރައީސް މައުމޫން ރައީސް ޔާމީން އަށް ސިޓީ އެއް ފޮނުވައިފިއެވެ.
ރައީސް ޔާމީނަށް މައުމޫން އިއްޔެ ފޮނުއްވި ސިޓީގައިވަނީ ވިދާޅުވެފައި ވަނީ މިހާތަނަށް ވެސް ޕާޓީ ހިންގަމުން ދިޔައީ ޕާޓީގެ ރައީސް ކަމަށާއި ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް އޮންނަ ފަރާތެއް ނޫންކަން އަސާސީ ގަވާއިދުން އެނގޭ ކަމަށެވެ. އެހެން ކަމުން ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރެއްވުން ހުއްޓާލެއްވުމަށްފަހު ޕާޓީގެ ހިންގުން ރައީސް މައުމޫނާއި ހަވާލުކޮށްދެއްވުމަށް މައުމޫނުގެ ސިޓީގައި އެދިފައިވެއެވެ.
އަދި ޕާޓީގެ ގަވާއިދުގައި މިހެން ބަޔާންވެފައި އޮއްވާ ރާއީސް ޔާމީން ޕާޓީ ހިންގުމަކީ ޕާޓީ ބައިބައިވުމުގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެގެންދާނެ ކަމަށް މައުމޫނު ގެ ސިޓީގައި ބަޔާޏް ކޮށްފައިވެއެވެ. އިތުރަށް މައުމޫނު ސިޓީގައި ބަޔާން ކޮށްފައިވަނީ މިއީ ޕާޓީގެ ކައުންސިލުން ނިންމައިގެން ފޮނުވާފައިވާ ސިޓީ އެއް ކަމަށެވެ.
ރައީސް ޔާމީނާއި މައުމޫނުގެ ކޯޅުން ބޮޑުވެ ސަރުކާރުގެ މައި ޕާޓީ ދެފަޅިވެ ރޫޅެމުންދާއިރު ދެބޭފުޅުންވެސް ދެފެކްޝަނެއް ހައްދަވައިގެން ކަައުންސިލް ބައްދަލުވުންތައް ބާއްވަމުންގެންދެއެވެ. އަދި އެއްފެކްޝަނުން އަނެއް ފެކްޝަނަށް އިނގިލި ދިއްކުރަމުން ސައްޙަ ފެކްޝަނަކީ އެފެކްޝަނެއް ކަމަށް ބުނެ ކޯޅުންގަނޑު އަދި ވެސް ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ