ކުރީގެ މެމްބަރު އަސްމާގެ ފިރިކަލުން އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ މާފަންނެ މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދު (އަސްމާއްތަ)ގެ ފިރިކަލުން އިންޑިއާގައި މިއަދު އަވަހާރަވެއްޖެ އެވެ.
ސަރުކާރުގެ އިސް ބައެއް މަގާމުތައް ކުރިން ފުރުއްވި ހުސެއިން ޝަރީފު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ދެނިކޮށެވެ. އޭގެ ކުރިން އައިޖީއެމްއެޗްގެ އައިސީޔޫގައި ވެސް ފަރުވާ ދިނެވެ.
ހުސެން ޝަރީފަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ހުސެން ޝަރީފު (މުންދު)ގެ ބައްޕާފުޅެވެ.
ހުސެން ޝަރީފު ވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އަދި ފޮރިން މިނިސްޓްރީ ގައި ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން ސަރުކާރުގެ އެކި މަގާމުތަކުގައި 40 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ