ރައީސް ސޯލިހާއި ދެކޮޅެއް ނުވާނަން - ގާސިމް

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް ކުރާ އެއްވެސް ކަމެއްގައި ބައިވެރި ނުވާނޭ ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ޖުމްހޫރީ ޕާޓީން އެޕާޓީގެ އޮފީސް ކުނޫޒުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ޤާސިމް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް ކުރާ އެއްވެސް ކަމެއްގައި ބައިވެރި ނުވާނޭ ކަމަށާއި މަޖިލިސް އިންތިހާބަށްފަހު އިސްކަން ދެއްވީ ޤައުމީ މަސްލަހަތަށް ކަމަށެވެ.
" ސިޔާސީ މަޝްރަހުގައި ކަންކަން ވަމުން އަންނަ ގޮތް ދިވެހިންނަށް އިނގޭނޭ ރިޔާސީ އިންތިހާބުގައި އެޕާޓީއަށް ރައީސް ކަމަށް ވާދަނުކުރެވުނީ އަޅުގަނޑު ކަންތައްގަނޑެއްގެ ތެރޭގައި ތާށިވެފައިހުރުމުން " ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ބަދަލުހިފުމުގެ ރޫހެއްގައި ކަމެއް ކޮށްގެން އެއްވެސް ބަޔަކަށް ކުރިއެރުމެއް ނުލިބޭނޭ ކަމަށާއި މިއަދުގެ ރައީސަކީ ހުރިހާ ރޮނގަކުން އެއްބާރުލުން ދެއްވުމުގައި އެންމެ ފަހު ވަގުތާ ހަމައަށްވެސް ފަހަތަށް ޖެހިވަޑައިނުގެން ހުންނަވާނެ ރައީސެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
"ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓާ ނެގެހެއްޓުމަށް އަޅުގަނޑުމެން ކޮށްދެން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ޖުމްހޫރީ ޕާޓީ އާއި އަޅުގަނޑު މިހިރީ ތައްޔާރަށް،" ޤާސިމް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓިއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށްފަހު ޤާސިމް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ތަނުން އިބްރަތް ހާސިލުކޮށް ޕާޓީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ.
މަޖލިސް އިންތިހާބުގައި ވެސް ޕާޓީތަކުން އެކުގައި މަސައްކަތް ކުރުމަށް ނިންމާފައި އޮތް ނަމަވެސް މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަކޮށްފައިވަނީ ވަކިވަކިންނެވެ. އަދި އެއިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ލިބުނީ ފަސް ގޮނޑިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ