ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނިކޮށް އޭނާ މިއަދު އިސްތއިުފާ ދެއްވައިފި އެވެ.
ގާޒީ އިބްރާހިމް އިސްތިއުފާގެ ސިޓީ ޖޭއެސްސީ އަށް ފޮނުވާފައިވާކަން އެކޮމިޝަނުންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިސްތިއުފާ ދިން ސަބަބު އަދި ވަނީ ސާފްވާ ގޮތް ނުވެފަ އެވެ.
ގާޒީ އިބްރާހިމް އަލީގެ މައްޗަށް ޖޭއެސްސީން ބަލާފައިވާ މައްސަލަތަކަކީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ޝަރީއަތް ނިމެންދެން މައްސަލައިގެ ތުހުމަތު ކުރެވުނު މީހުން ބަންދުގަައި ބޭތިއްބުމަށް އަމުރު ކުރުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތްތަކުގެ އެދުމުގެ މަތިން އެ ހުރިހާ މީހުން ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓްގައި ޕީޖީން އިސްތިއުނާފު ކުރުުމުން ކްރިމިނަލް ކޯޓްގެ އެ ނިންމުން ގޯސް ކަމަށް ނިންމުމާއި އަދި ޕީޖީން އެ މީހުންގެ ބަންދާއިމެދު ނިންމި ނިންމުން މުރާޖައާކުރަން އެދެފިނަމަ އެ މައްސަލާގައި އަލުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށް ބުނެފައިވީނަމަވެސް އެ ގޮަތަށް އަމަލުނުކޮށް ގަސްތުގައި ލަސްކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލާގައި ހިމެނޭ ވ. ބްލީނިއާގޭ މޫސާ އިބްރާހިމްގެ ބަންދާއިމެދު ގޮތް ނިންމަން އަލުން ހުށައެޅުމުންވެސް ހައިކޯޓުން އަންގާފައިވާ އުސޫލާއި ހިލާފަށް އަމަލުނުކޮށް އެ މައްސަލަ ނުނިންމާ ލަސްކޮށްފައިވާ ކަމަށްވެސް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ. އަދި ޕީޖީން ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް އެ ސިޓީތަކަށްވެސް ގަޒީ އިބްރާހިމް އަލީ އެއްވެސް ޖަވާބެއް ނުދެއްވާ ކަމަަށާއި އެންމެ ފަހުން އެ މައްސަލާގައި އަޑުއެހުމެއް ބޭއްވީ ހަައިކޯޓުން އެންގުމުން ކަަަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެ އަޑުއެހުމުގައިވެސް ގާޒީ އިބްރާހިމް އަލީގެ ބަސްމަގު ހުރީވެސް ދައުވާ ލިބޭ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ކަމަށާ އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫން ކަމަށާ އެކަން ކުރަނީ މަތީ ކޯޓްގެ މަރުހަލާއަކުން އަމުރު ކުރުމުން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
މީގެ އިތުރަށް ގާޒީ އިބްރާހިމް އަލީ ވަކިކުރަން ނިންމިއިރު އަދިވެސް އޭނާގެ ސުލޫކާ ގުލޭ އިތުރު ތިން މައްސަލައެއް ދަނީ ޖޭއެސްސީން ބަލަމުންނެވެ.
މި މައްސަލަތަކާއި ގުޅިގެން ގާޒީ އިބްރާހިމް އަލީ ވަނީ 60 ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.
ގާޒީ އިބްރާހިމް އަލީ އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ