މިސަރުކާރުން ނުރުހުނަސް ރައްޔިތުން ކޮރަޕްޝަނަށް ހުރަސްއަޅާނެ:ޖަމީލް

މިސަރުކާރުން ކިތަންމެ ނުރުހުނަސް ރައްޔިތުން ކޮރަޕްޝަނަށް ހުރަސް އަޅާނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ ވަނީ އެއްވެސް ބަޔަކު ބްރިޖް ކައިރީގައި ގަސްޖަހަން ދެކޮޅު ނުހަދާކަމަށާއި، އެސްޓީއޯގެ ނަން ބަދަލުކުރުމުން އިހްތިޖާޖު ނުކުރާއިރު ޒުވާނުންނަށް އަމިއްލަ ބޭންކް ކާޑުން ވިޔަފާރި ނުކުރެވޭއިރުވެސް ސަރުކާރަށް ހުރަހެއް އަޅާފައިނުވާ ކަމަށް ވިދާޅުވެފައެވެ.
ނައިބް ރައީސް ފައިސަލް ނަސީމްއަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވަމުން ޑރ.ޖަމީލް ވިދާޅުވީ، ތަރައްގީ އިން ފެންނަނީވެސް ކޮރަޕްޝަން ކަމަށާއި، އެކަމަށް މިސަރުކާރުން ކިތަންމެ ނުރުހުނަސް ރައްޔިތުން ހުރަސްއަޅާނެ ކަމަށެވެ.
" އިތުރު ތަރައްޤީއަކަށް ފެންނަނީ ކޮރަޕްޝަން.އެކަމަށް ކިތަންމެ ނުރުހުނު ކަމަށްވިއަސް ރައްޔިތުން ހުރަސް އަޅާނެ.ޑރ.ޖަލީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ގއ.ވިލިނގިލީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ، ޚިޔާލުތަފާތުވިއަސް ރަށާއި ޤައުމަށް އަންނަ ތަރައްޤީއަށް ހުރަސް އަޅާ ބަޔަކަށް ރައްޔިތުން ނުވުމަށެވެ.އަދި ޚިޔާލު ތަފާތުވާންޖެހޭނީ މޮޅު ގޮތެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ