ދަރިއެއްގެ ނަސަބު ސާބިތުކުރުމުގައި ނުވަތަ މަދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫނު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި އަމުރަކާ ގުޅިގެން ދީނީ ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުމަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ހައިކޯޓުން ނިންމާފައިވަނީ ޒިނޭކޮށްގެން ލިބޭ ދަރިފުޅުގެ ނަސަބު ޑީއެންއޭ ބޭނުންކޮށްގެން ސާބިތުނުކުރެވޭނެ ކަމުގައެވެ. ހަމައެހެންމެ ޑީއެންއޭއަކީ ޒިނޭކުރުން ސާބިތުކުރުމަށް ބޭނުންކުރެވޭނެ ވަސީލަތެއް ނޫން ކަމުގައިވެސް ހައިކޯޓުން ނިންމާފައިވެއެވެ. އެހެންކަމުގައިވާނަމަދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް. ފިންގަރޕްރިންޓްފަދަސައެންޓިފިކްދަލީލުތައް ވެސް ޤަރީނާގެގޮތުގައިޝަރީޢަތުންބަލައިގަނޭ— Maumoon Abdul Gayoom (@maumoonagayoom) December 23, 2020ރައީސް މައުމޫނު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކަމެއް ދެނެގަނެވޭނެ ގޮތް ޝަރީޢަތުގައި އަންގަވާފައި އޮތުމަކީ އެނޫން ގޮތްގޮތުން އެކަން ދެނެގަތުން މަނާކުރާ ކަމެއް ނޫން ކަމުގައެވެ. އެގޮތުން ބައެއް މިސާލު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އިރު ހިނގާ ގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެ ގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ދެނެގަންނަނީ ފަލަކީ ހިސާބުން ކަމުގައެވެ. އެ އަސާސުގެ މައްޗަށް ބިނާކޮށް މަދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ބޭނުންނުކުރެވެންވީ ސަބަބެއް ނެތް ކަމުގައި ވިދާޅުވުމާއެކު، އިނގިލީގެ ނިޝާނުފަދަ ސައެންޓިފިކް ދަލީލުތައް ޤަރީނާގެ ގޮތުގައި ޝަރީޢަތުން ބަލައިގަންނަކަން ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މަދަރިލެއްވުމުގައި ޑީއެންއޭ ބޭނުންނުކުރެވެންވީ ސަބަބެއް ނެތް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ