އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި އެއްޖިންސުން ކައިވެނިކުރުން ހުއްދަ ކުރުމާއި ގުޅިގެން އެކަމަށް މަލާމާތްކޮށް ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ ވާހަކަދައްކައިފިއެވެ.
ކޮންމެ ހަފްތާއަކު ޒިމްބާބްވޭގެ ގައުމީ ރޭޑިއޯ ސްޓޭޝަނަށް ދެއްވާ އިންޓަވިއުގައި އެމެރިކާގެ ސްޕްރީމް ކޯޓުގެ ނިންމުމަށް މަލާމާތް ކޮށް މުގާބޭ ބުނީ އޭނާ މިހާރު ވިސްނާފައި އޮތީ ވޮޝިންޓަނަށް ދަތުރުކޮށް އޮބާމާގެ ކުރިމަތީގައި ކަކޫ މައްޗަށް ތިރިވެ އޮބާމާގެ ކައިވެންޏަށް އެދެން ކަމަށެވެ.
އެމެރިކާގެ އާއި ހުޅަނގުގެ ގައުމުތަކުން އެންމެ ރުޅިއަންނަ އެއް ރައީސް ކަމަށްވާ މުގާބޭ ވިދާޅުވީ އެއްޖިންސުން ކައިވެނިކުރުން ހުއްދަ ކުރާނެ ގޮތެއް އޭނާ އަށް ނުވިސްނޭ ކަމަށެވެ. އަދި ހެއްދެވި ފަރާތުން އެހާ ބޮޑަށް މަނާ ކުރަށްވާފައިވާ ކަމެއް އެމެރިކާ މީހުން ހުއްދަ ކުރާނެ ގޮތެއް ނުވިސްނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުގާބޭ ވިދާޅުވީ ކްރިސްޓިއަން ދީނުގައި ވެސް އެއްޖިންސުން ކައިވެނި ކުރުމަކީ ޙަރާމް ކަމެއް ކަމަށާއި އެމެރިކާގައި އެކަން ހުއްދަ ކޮށްފައި އެވަނީ ކޮރަޕްޓް ވެފައިވާ ސިޔާސީ ބޭފުޅުން ކަމަށެވެ.
"އޮބާމާ އާއި ކައިވެނިކުރަން މުގާބޭ ބޭނުންވޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ