ވަގު ސޮފްޓުވެއާރ ބޭނުންކުރުމަކީ ‘ހަރާމް’ކަމެއް ނޫންބާ؟

އަޅުގަނޑުމެންގެ ތެރޭގައި ގިނަ މީހުންނަކީ މިހާރު ކޮމްޕަށް (ކޮމްޕިއުޓަރަށް ދިވެހިން ބޭނުންކުރަން ސަޅިނަމެއް) ދޯޅު މީހުންނެވެ. އަބަދުވެސް ކޮމްޕުން ކޮންމެވެސް ކަމެއް ކުރުމުގައި މަސްއޫލުވެ އުޅެންޖެހެއެވެ. އެހެނަސް ގިނަ މީހުން ‘ހަރާމް’ ކަންކަމާއި ދުރުވުމަށް މަސައްކަތް ކުރާއިރު ތިމާ ‘ވަގު’ ސޮފްޓުވެއާރ ބޭނުންކުރެވޭއިރުވެސް އެއީ މައްސަލައެއް ނޫނެވެ. ހަމަ ‘އޯކޭ’ އެވެ.ވައްކަން ކޮށްގެން ހޯދާ ތަކެތި ބޭނުންކުރުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތުން ވިންޑޯސްގައި ބޭނުންކުރާ ސޮފްޓުވެއާރތައް އަގުބޮޑުކޮށް ގަންނަން ލިބޭއިރުވެސް ‘ޖީބަށް ލުއިކުރަން’ ވަގު ސޮފްޓުވެއާރ ކޮމްޕަށް އަޅައިގެން ބޭނުންކުރަމުން މިހިރަ ގެންދަނީއެވެ. އަޅުގަނޑުގެ މިލިޔުމުގެ މަޤްސަދަކީ ބަޔަކު ‘ވަގު’ މުދާ ބޭނުންކުރާތީ އެވާހަކަ ‘ގައްޑާ’ވެގެން ދެއްކުމެއް ނޫނެވެ. ‘ވަގު’ ސޮފްޓުވެއާރގެ ބަދަލުގައި ‘ހަލާލު’ ސޮފްޓުވެއާރ ބޭނުންކުރުމަށް ބާރު އެޅުމެވެ. ވީވަރަކުންނެވެ. – މައިކްރޮސޮފްޓުގެ އިންޓަރނެޓް އެކްސްޕްލޯރާގެ ބަދަލުގައި މޮޒިއްލާ ފަޔާރފޮކްސް:މައިކްރޮސޮފްޓުގެ އިންޓަރނެޓް އެކްސްޕްލޯރާ ވަގަށް ޑައުންލޯޑްކުރުމުގެ ބަދަލުގައި މޮޒިއްލާ ފަޔާރފޮކްސް ބޭނުންކުރެއްވުން ކިހިނެއްވާނެތޯއެވެ. ފަޔާރފޮކްސްއާއި ބެހޭ މައުޟޫމާތު ދިނުމަކީ ބަޝަރާއަށް ގޮސް ކަދުރުގެ މައުޟޫމާތު ދިނުން ފަދަކަމަކަށްވީތީ މިބައި ކުރުކޮށްލަމެވެ. ގިނަ މީހުން ފަޔާރފޮކްސް ބޭނުންކުރަނީ ‘ހިލޭ’ ލިބޭ އެއްޗަކަށްވީތީއެއް ނޫނެވެ. ފަޔާރފޮކްސް ގިނަ ގޮތްގޮތުން ‘ބެސްޓް’ވެފައި އެކްސްޕްލޯރާ ‘ކަޑަ’ ވީމައެވެ.Microsoft Internet Explorer ==> Mozilla Firefox  ހިލޭ ލިބޭ މޮޒިއްލާ ފަޔާރފޮކްސް ޑައުންލޯޑް ކުރައްވާ!– މައިކްރޯސޮފްޓް އޮފީސް ގެ ބަދަލުގައި އޯޕަން އޮފީސް:މައިކްރޯސޮފްޓް އޮފީސް ގެ ބަދަލުގައި އޯޕަން އޮފީސް އަކީ ބޭނުންކުރަން ސަޅި، ހިލޭ ލިބޭ ސޮފްޓްވެއާރއެކެވެ. އޯޕަން އޮފީސްގައި މައިކްރޮސޮފްޓް ވޯޑުން ކުރެވޭ ހުރިހާ ބޭނުމެއްވެސް ކުރެވޭނެއެވެ. ޓައިޕްކުރުމާއި ޕްރެޒެންޓޭޝަން ހެދުމާއި ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކިތާބުގެ މަސައްކަތް ކުރެވޭނެއެވެ. މިސޮފްޓްވެއާރ ވިންޑޯސް އާއި ލިނަކްސް އަށްވެސް ސަޕޯޓް ކުރާނެއެވެ.Microsoft Office ==> OpenOffice– މައިކްރޯސޮފްޓް އޮފީސް ގެ ވަގު ސޮފްޓްވެއާރ ބަދަލުގައި އޯޕަން އޮފީސް ހިލޭ ޑައުންލޯޑްކުރައްވާ!މައިކްރޯސޮފްޓް އައުޓްލުކް އެކްސްޕްރެސް ގެ ބަދަލުގައި އީމެއިލް ފޮނުވާ ހަދަން މޮޒިއްލާ ތަންޑަބާރޑް:މައިކްރޯސޮފްޓް އައުޓްލުކް އެކްސްޕްރެސް ގެ ބަދަލުގައި އީމެއިލް ފޮނުވާ ހަދަން މޮޒިއްލާ ތަންޑަބާރޑް ހިޔާރު ކުރައްވާށެވެ. 30 ރުފިޔާއަށް މައިކްރޯސޮފްޓްގެ ވަގު ސީޑީއެއް ގެނެގެން ބޭނުންކުރުމުގެ ބަދަލުގައި ހިލޭ ޑައުންލޯޑް ކުރެވޭ މޮޒިއްލާ ތަންޑަބާރޑް ބޭނުންކުރުމުން ހަމަގައިމުވެސް ‘ހަލާލު’ އެއްޗެއް ބޭނުންކުރުމުގެ ހިތްހަމަޖެހުމާއި ސަވާބު ލިބޭނެއެވެ. ތަންޑަރބާރޑް އަކީ އީމެއިލް ފޮނުވުމަށް ހާއްސަ މުޅިން އޯޕަންސޯސް ހިދުމަތެކެވެ. އެހެނިހެން އީމެއިލް ހިދުމަތްތަކޭ އެއްފަދައިން ތަންޑަރބާޑްގައި ‘ޕޮޕް’ އަދި އާރއެސްއެސްގެ އިތުރުން ސްޕެލިންވެސް ޗެކް ކޮށްދޭނެއެވެ. އަދި 25 އަށްވުރެ ގިނަ ‘އެޑްސް-އޮން’ ތަންޑަރބާރޑްއަށް އިތުރުކޮށް އޭގެ ފަސޭހަ ލިބިގަނެވޭނެއެވެ.Microsoft Outlook Express ==> Mozilla Thunderbirdމައިކްރޯސޮފްޓް އައުޓްލުކް އެކްސްޕްރެސް ގެ ބަދަލުގައި އީމެއިލް ފޮނުވާ ހަދަން މޮޒިއްލާ ތަންޑަބާރޑް ޑައުންލޯޑްކުރައްވާ! – ވިންޒިޕް ނުވަތަ ވިންރާރ ގެ ބަދަލުގައި ‘ޒިޕް-7’:ކޮމްޕުގައި ބޭނުންކުރާ ގިނަ ޑޮކިއުމަންޓްތަކެއް އެކައްޗެއްގެގޮތުގައި ‘ބޮނޑިއަކަށް ބަނދެލުމުގެ ގޮތުން’ އާންމުގޮތެއްގައި ބޭނުންކުރަނީ ވިންޒިޕް ނުވަތަ ވިންރާރ އެވެ. މިދެ ސޮފްޓުވެއާރ ބޭނުންކުރުމުގެ ބަދަލުގައި އޯޕަންސޯސް ސޮފްޓުވެއާރ ޒިޕް7 އަކީ މާފަސޭހަ ސޮފްޓުވެއާރއެއްކަމަށް ޓެކްގެ ތަޖުރިބާކާރުން ބުނެއެވެ. 60 ބަހަކުން ބޭނުންކުރެވޭ ޒިޕް-7 އަކީ ޑޮކިއުމަންޓްތައް ‘އަރުޝީޕް’ކުރުމުގައި އެންމެ އެދެވޭ ސޮފްޓުވެއާރކަން ޔަގީނެވެ. އަޖުމަބަލާލާށެވެ. ހިލޭ ބޭނުންކުރުމުގެ އުފާ ލިބިގަތުމަށެވެ.Winzip or WinRAR ==> 7-Zip ވިންޒިޕް ނުވަތަ ވިންރާރ ގެ ބަދަލުގައި ‘ޒިޕް-7’ ޑައުންލޯޑްކުރައްވާ!– ނިރޯ ގެ ބަދަލުގައި އިންފްރާރިކޯޑާރ:ޤުރުއާން ސީޑީއެއް ވަގު ނިރޯ ސޮފްޓުވެއާރ އަޅައިގެން ކޮޕީރައިޓް ހެދުމަކީ ކޮންކަހަލަ ކަމެއްބާއެވެ؟ ވަގަށް ނަގައިގެން އުޅޭ މުސޮއްލައެއްގައި ނަމާދުކުރުން ކަހަލަކަމެއް އެހެންނޫންތޯއެވެ. މިފަދަ ވައްކަންތަކުން މިންޖުވުމަށް އޮތް ހައްލަކީ ސީޑީ ޑުޕްލިކޭޓްކުރަން އޯޕަންސޯސް ސޮފްޓުވެއާރ ބޭނުންކުރުމެވެ. އެގޮތުން އިންފްރާ ރެކޯޑާގެ އަޖުމަ ބަލާލުން މުހިންމެވެ. އިންފްރާ ރެކޯޑާ އަކީ ސީޑީ އަދި ޑީވީޑީ ބާރންކުރެވޭ ސޮފްޓުވެއާރއެކެވެ. މީގެއިތުރުން ރީރައިޓަބަލްކުރުމާއި އާންމުކޮށް ނީރޯއިން ކުރެވޭ ހުރިހާކަމެއްހެން ކުރެވޭނެއެވެ. މަޝްހޫރު 20 ބަހުން މިސޮފްޓުވެއާރ ބޭނުންކުރެވޭކަން އެއީ މިސޮފްޓުވެއާރއަށް ލިބޭ ‘ޕްލަސް’ ޕޮއިންޓެކެވެ.Nero ==> InfraRecorderނިރޯ ގެ ބަދަލުގައި އިންފްރާރިކޯޑާރ ޑައުންލޯޑް ކުރައްވާ!ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ