އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމް މަޤާމުގައި ހުންނެވި އިރު ފޯން ބިލަށް ދައުލަތުން ދައްކާފަިއވާ 312،928 ރުފިޔާ ދައްކާފައިވާ ފައިސާ އަންބުރާ ދެއްކުމަށް ސިވިލްކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެފައިސާ އަސްލަމް ދައްކަވައިފިއެވެ.
އެ ފައިސާ ދެއްކުމަށް އަސްލަމްގެ މައްޗަށް ދައުލަތުން ހުކުމްކުރީ މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހު އެވެ.
އަސްލަމް ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރަން ބޭނުންވި ނަމަވެސް ހުކުމުގެ ހުލާސާ ބަޔާން ވަކީލަށް ލިބިފައި ނުވާ ކަމުގައެވެ. އަދި ހުކުމަށް ތަބާވުމުގެ ގޮތުން ފައިސާ ދެއްކެވި ނަމަވެސް އެ ހުކުމް ބަލައި ނުގަންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ފޯން ބިލުގެ ފައިސާ އަސްލަމް ދައްކަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ