ރައީސްގެ ފަރާތުން މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ ހާލު ބަލައިފިން: މުއިއްޒު

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓައިލަން އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި އުއްތަމަ ފަނޑިިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އަރިހަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު މަންދޫބަކު ފޮނުއްވައި އެ ބޭފުޅުންގެ ހާލު ބައްލަވައިފި އެވެ.
ރައީސް ޔާމީނުގެ މަންދޫބެއްގެ ހައިސިއްޔަތުން އެ ތިން ބޭފުޅުންގެ އަރިހަށް ވަޑައިގެންނެވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ ޒިޔާރަތަށް ފަހު ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ ތިން ބޭފުޅުންގެ ސިއްހީ ހާލުކޮޅާއި ތިއްބެވި ތަނުގެ ހާލަތު އޮޅުން ފިލުއްވާފައިވާނެ ކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާގެ މަންދޫބެއްގެ ހައިސިއްޔަތުން އަޅުގަނޑު ރައީސް މައުމޫނު، އުސްތާޒް އަބުދުﷲ ސައީދު، އުސްތާޒް އަލީ ހަމީދާ ބައްދަލުކޮށް އެ ތިން ބޭފުޅުންގެ ހާލު ބަލައިފިން. އެ ތިންބޭފުޅުންގެ ސިއްހީ ހާލުކޮޅާއި ހުންނަވާ ތަނާ ބެހޭ މައުލޫމާތު ފަދަ ކަންކަން އޮޅުން ފިލުވިން،" ޓްވީޓްގައި މުއިއްޒު ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ މިނިސްޓަރުގެ ޒިޔާރަތާ ބެހޭ ގޮތުން ވަކީލުން މަޝްވަރާ ކުރެއްވުމަށް ފަހު މިރޭގެ ފަހުގެ ވަގުތެއްގައި އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ