ކުރީގެ މެމްބަރު އިލްހާމް ރައީސް ޞާލިހްގެ ދިފާއުގައި ތެދުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަހްމަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ދިފާއުގައި ތެދުވެއްޖެއެވެ.ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ވެސް ކުރިން ހުންނެވި އަދި ގާސިމް އެންމެ ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު އެތެރޭގެ ދަރަނިތަކާއި، ނުއުފުލޭ ވަރުގެ ބިޔަ ދަރަނިތައް ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދައްކަން ވަނީ މަޖުބޫރުވެފައި ކަމަށެވެ.އޭނާ ވިދާޅުވީ އެ ހާލަތު ގެންނެވީ މިއަދުގެ ރައީސް ނޫން ކަމަށާއި އަނގަފުޅާކޮށްފަ ބުންޏަސް މިއީ ހަގީގަތް ކަމަށެވެ.އިލްހާމް މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ބައެއް އިސް ބޭފުޅުން ދަރަނީގެ މައްސަލާގައި ރައީސް ސޯލިހާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ދައުލަތް ބަގުރޫޓްވީ ރައީސް ޞާލިޙުގެ ނާގާބިލް ކަމުގެ ސަބަބުންނާއި ދައުލަތުގެ ޚަޒާނާއިން އިންތިހާއަށް ވައްކަން ކުރާތީ ކަމަށެވެ.ޑޮލަރުގެ އަގު މައްޗަށް ދިޔައީ އިގްތިޞާދު މެނޭޖްކުރަން ނޭގުމުން ކަމަށާއި މީއީ އެމްޑީޕީއިން ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކުވެސް ކަން ހިނގާގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ