ގާސިމް އިބްޜާހިމްގެ ބޭސްފަރުވާގެ ކަންތައްތަކަށް ސަރުކާރުން ހުރަހެއްނާޅާ: މުންދު
ޖުމްހޫރީ ޕާރޓީގެ ލީޑަރ ގާސިމް އިބްޜާހިމްގެ ބޭސްފަރުވާގެ ކަންތައްތަކަށް ސަރުކާރުން ގަސްދުގައި ހުރަސްއަޅާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ފަތުރަނީ ދޮގު ވާހަކަތަކެއްކަމަށް ކަމަށް ދިވެހި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރ މުހައްމަދު ހުސެން ޝަރީފް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާރޓީގެ ލީޑަރ އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ ކަންކަމުގައި ސަރުކާރުން އަޅާނުލާކަމަށްބުނެ އިދިކޮޅު އެމްޑީޕީން ދައްކަވަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރ މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ހާއްސަ މަންދޫބުންގެ ގޮތުގައި ގާސިމްގެ ޙާލުކޮޅު ބައްލަވާ ލެއްވުމަށް އައިޖީއެމްއެޗައް ކުރި ޒިޔާރަތުގައި ގާސިމްފަރާތުން އަޑު އިވިގެން ދިޔައީ ވަރަށް އުފާވެރި ވާހަކަތަކެއް ކަމަށްށެވެ. އެގޮތުން އައިޖީއެމްއެޗްގެ މެޑިކަލް ޓީމުން ގާސިމަށް ދެއްވާ ޚިދުމަތްތައް ވަރަށް ފުރިހަމަ ކަމަށާއި، އަދި އެކަން ކަމާއިމެދު ގާސިމް ވަރަށް ހިތްހަމަ ޖެހިލައްވާކަން އެބޭފުޅާ ވިދާޅުވިކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އަރިއަހުގައި ދެންނެވުމަށް ގާސިމް ވިދާޅުވި ވާހަކަތައް މިހާރު ރައީސްގެ ކަންފަތްޕުޅައް އަރުވާފައިވާކަމަށް މުންދު ވިދާޅުވިއެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޯމްމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޕީޕީއެމްގެ ކައުންސިލް މެންބަރ މުހައްމަދު ތަލާލު ވިދާޅުވީ ދިވެހި ރާއްޖޭގެ ތާރީޚްގައި ރައްޔިތުންނައް ހެޔޮވެރިކަމެއް ކޮށްދެއްވާފައިވާ ރައީސަކީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ރާއްޖޭގެ ރައްޔިތުން އެކަން ބަލައިގެންފައިވާ ކަމަށެވެ. އަދި ރައްޔިިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ މެންބަރުން ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާތަކުގައި ބައި އިލެކްޝަނެއް ބޭއްވިއަސް ކާމިޔާބު ކުރައްވާނީ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑާއިގަންނަވާ ބޭފުޅުންކަން އިދިކޮޅު ފަރާތްތަކަށް ކަށަވަރު ވުމުން، އެދާއިރާތަކުގެ ބައި އިލެކްޝަނަކަށްދާން އިދިކޮޅު ފަރާތްތަކުން ޖެހިލުންވާ ކަމަށް ތަލާލު ވިދާޅުވިއެވެ. މި ޕްރޮގްރާމްގައި އިތުރަށް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިގައުމަށް ގެނެސްދެއްވަމުންދާ ތަރައްގީ ނިއުދިއްލީއާއި، އިނގިރޭސި ވިލާތުގައި އުޅުއްވާ ބަޔަކަށް ނުފެނިދާނެކަމަށާއި، އެހެން ނަމަވެސް އަމއްލަ ފުޅަށް އިސްތިއުފާ ދެއްވުމަށްފަހު މިހާރު އިނގިރޭސި ވިލާތަށް އަރުވާލެވިގެން އުޅުއްވާ ކުރީގެ ރައީސް ނަޝީދު ގިނަދުވަސްތަކެއް ހޭދަކުރައްވާ އަވައްޓެރި ސްރީލަންއިން ވެސް ރައީސް ޔާމިން ގެނެސްދެއްވާ ތަރައްގީ ކުލަވަރު ފެނިގެންދާނެ ކަމަށެވެ. އެގޮތުން ކޮލަމްބޯގައި ހުންނަ ސޯސަންވިލާއަކީ މީގެ ކުރިންވެސް ހުރި ތަނެއް ކަމަށާއި އެތަނުން ކިޔަވާ ވިދާޅުވި ބޭފުޅުންވެސް މިގައުމުގައި ވެރިކަން ކުރައްވާ އަވަހާރަވެ ވަޑައިގެންފައިވާކަމަށެވެ. އަދި ފަނަރަ ހާހެއްހާ ދިވެހިން ދިރިއުޅެމުން އަންނަ ސްރީލަންކާއިންވެސް ރާއްޖެއިން ދިވެހިންނަށް ލިބެން ހުއްނަ ގިނަ ޚިދުމަތްތަކެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ