ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ފިލިޕްސް ސްކޫލް ކްރިކެޓް ލީގު 2013ގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ހަ ވަނަ މެޗުގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް، 35 ލަނޑުން ޖަމާލުއްދީން ސްކޫލް މޮޅުވެއްޖެ އެވެ.
ޓޮސް ދިމާވުމުން ޣިޔާސުއްދީން ގަސްދުކުރީ ހޮވާށެވެ. އެގޮތުން ޖަމާލުއްދީން ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 128 ލަނޑުހެދި އެވެ. ޖަވާބުގައި ކުޅެން އަރައި ޣިޔާސުއްދީނަށް، 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 93 ލަނޑެވެ.
އެ މެޗުގައި ޖަމާލުއްދީނުން އެންމެ ރަގަޅަށް ކުޅުނީ 22 ލަނޑުހެދި އައިހަމްއާއި 17 ލަނޑުހެދި ޔަލްސަން އެވެ. ޣިޔާސުއްދީންގެ، ސާދިން ހަތަރު އޯވަރުގެތެރޭގައި 16 ލަނޑަށް ތިން ވިކެޓްނެގިއެވެ. ޣިޔާސުއްދީނުން އެންމެ ރަގަޅަށް ކުޅުނީ ނުބައިނުވެ 15 ލަނޑު ހެދި ސައިފް އެވެ. ޖަމާލުއްދީން ސްކޫލުން މަފާޒް އަދި މާކިން ،ކޮންމެ އުކުންތެރިއަކު ދެ ވިކެޓްނެގި އެވެ.
މުބާރާތުގައި މިހާތަނަށް ހަ މެޗު ކުޅެވިފައި ވާއިރު، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ގްރޫޕް "އޭ"ގެ އެއްވަނައިގައި އޮތް އިސްކަންދަރު ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފަ އެވެ. އަދި އަދި ގްރޫޕް ބީއިން މުހިއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލްވެސް ވަނީ ސެމީއަށް ހޮވިފަ އެވެ.
މުބާރާތުގައި މާދަމާ މެންދުރު ފަހު 2:30ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ކަލާފާން ސްކޫލާއި ޣިޔާސުއްދީން އެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.
ސްކޫލް ކްރިކެޓް ލީގު 2013: ޣިޔާސުއްދީން އަތުން ޖަމާލުއްދީން މޮޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ