މައްސަލަ ހައްލުކޮށް ހުރިހާ ސަރަޚައްދުތަކަށް ކަރަންޓު ދީފިން - ސްޓެލްކޯ

ދިމާވި މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް މިރޭގެ 7:10 ހާއިރު ހުރިހާ ހިސާބުތަކަށް ކަރަންޓު ދީފައިވާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވަނީ މިއަދު ހަވީރު 4:45 ހާއިރުއެވެ.އެކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ކަރަންޓު ކެނޑުނީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި، މައްސަލަ ހައްލުކޮށް މިރޭ 07:10 ހާއިރު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން ދިމާވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.މިދިޔަ އޯގަސްޓު މަހުގެ ތެރޭގައިވެސް މާލެއިން ވަނީ ކަރަންޓު ކެނޑިފަ އެވެ. އެ ފަހަރު ކަރަންޓު ކެނޑިފައިވަނީ، ޓްރާންސް ފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.ސްޓެލްކޯއިން ބުނީ މާލެއަށް ދިމާވަމުންދާ ކަރަންޓުގެ މައްސަލައަށް ޙައްލު ހޯދުމަށް ސިސްޓަމް މޮނިޓަރ ކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ