މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތާ ގުޅޭ މައުލޫމާތުތަކެއް ލީކުކުރި މައްސަލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ މުވައްޒަފު ގާސިމް އަބްދުލްކަރީމް 8 މަހާއި 12 ދުވަހަށް ޖަލަށް ހުކުމްކޮށްފި އެވެ.
ޕީޖީގެ އެދުމުގެ މަތިން ސިއްރު ކޮށްގެން މިއަދު ކުރިއަށް ގެންގޮސްފައިވާ މި މައްސަލައިގެ ޝަރީއަތް ފެށުމާއެކު ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ގާސިމް ގޭގައި ބަންދުކުރަން އަންގާފަ އެވެ. އޭނާ މިހާރުވެސް ހުރީ ގޭ ބަންދުގައެވެ
ފ.ނިލަންދޫ، ބީއެމްއެލްގެ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރަކަށް ހުރެ ގާސިމް އާންމު ކުރި މައުލޫމާތުތަކާއި ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ އުފުލައިފަ އެވެ.
ގާސިމް އަށް ހުކުމްކޮށްފައި މިވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިޔުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ގޮވާލާފައި ވަނިކޮށެވެ.
ގާސިމް 8 މަހާއި 12 ދުވަހަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ