ކުރީގެ މެމްބަރު އަހުމަދު ރަޝީދާއެކު ގިނަ ބަަޔަކު ޕީޕީއެމް އަށް

ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދާއެކު 250 އަށްވުރެ ގިނަ މީހުން ޕީޕީއެމް އާ އަލަށް ގުޅިއްޖެ އެވެ. މިއަދު އަލަށް ގުޅުނު މީހުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުން ހިމެނެ އެވެ.
މިއަދު ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހީމްގެ ކެމްޕޭން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލަށް ޕީޕީއެމް އާއި ގުޅުނު ފަރާތްތަކުގެ ފޯމްތަކާއި މެޑަމް ފާތުން ވަނީ ހަވާލުވެވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ މި ސަރުކާރާ އިދިކޮޅު ފަރާތްތަކަށް އޮތީ ދެގޮތް ކަމަށެވެ. އެއީ އެފަރާތުން ކުރަމުން ގެންދާ މަސައްކަތް އެގޮތުގައި އެއްވެސް ކާމިޔާބެއް ނުލިބި ކުރިއަށް ގެންދިއުން ނުވަތަ އެ މަސައްކަތްތައް ހުއްޓާލާފައި ޕީޕީއެމް އާއި ގުޅުން ކަމަށެވެ.
ޕީޕީއެމް އާ ގުޅުނު ސަބަބާ ބެހޭގޮތުން ކުރީގެ އެމްޑީޕީ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްގީ ކުރަމުންދާތީ ކަމަށެވެ. އަހްމަދު ރަޝީދު ވަނީ މި ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީ ފާހަގަކުރައްވާފަ އެވެ.
މެޑަމް ފާތުން ކެމްޕޭން އޮފީހުން ކުރަމުން ގެންދާ މަސައްކަތްތަކާއެކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ޕީޕީއެމްއާ ގުޅެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ