މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ

މުޅި މާލެއިން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، ފަތިހު 4 ޖަހަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުޅި މާލެއިން ކަރަންޓު ކެނޑުނުކަމަށެވެ. އެގޮތުން ކަރަންޓު ދިނުމަށް ބޭނުން ކުރާ 8 ފީޑަރުން ކަރަންޓު ދިއުމުން، ދިމާވި މައްސަލަ ދެނެގަތުމަށް ފަހަރަކު ފީޑަރެއް ޖައްސާ، މާލޭގެ އެކި ސަރަޙައްދުތަކަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރިކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، 8 ވަނަ ފީޑަރު ފިޔަވާ އެހެން ހުރިހާ ފީޑަރަކަށް ކަރަންޓް ދިނުމަށްފަހު 8 ވަނަ ފީޑަރު ޖެއްސުމުން މުޅި މާލެއިން އަލުން ކަރަންޓު ގޮސްފައިވާކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅޭ މައްސަލަ ދެނެގަނެވިއްޖެކަމަށާއި، މައްސަލަ ޖެހިގެން އުޅެނީ 8 ވަނަ ފީޑަރުގެ ސްވިޗް ގިއަރަކަށްކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުން ފީޑަރުތައް ޖެއްސުމުގެ މަސައްކަތް އަލުން ކުރަމުންދާކަމަށާއި، 8 ވަނަ ފީޑަރުގެ ސްވިޗް ގިއަރގެ ކޭބަލް އެހެން ގިއަރއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން އެކުންފުނިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ