ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ޅ. ނައިފަރުގެ ދެ ޕްރީ ސްކޫލަކަށާއި އެ އަތޮޅު އޮޅުވެލިފުށި ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި އެޑިއުކޭޝަން ޓޯއީސް ހަދިޔާ ކުރައްވައިފި އެވެ.
ދެ ސްކޫލަށް ފަރުނީޗަރު ހޯދައިދެއްވުމުގެ އިތުރުން ޝިޔާމް ވަނީ އޮޅުވެލިފުށީ މަދަރުސާގެ ތިން ޓީޗަރުންގެ ޑިޕްލޮމާ ކޯސް ވެސް ސްޕޮންސާ ކުރައްވާފައި ކަމަށް ޝިޔާމްގެ ފަރާތުން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
"މިއީ މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑު އޮޅުވެލިފުށި މަދަރުސާގެ ޓީޗަރުންނާއި ބައްދަލުކުރި ފަހަރެއްގައި ޓީޗަރުންގެ ފަރާތުން އަޅުގަނޑަށް ކުރެއްވި ރިކުއެސްޓެއް،" ޝިޔާމް ވިދާޅުވި އެވެ.
އޮޅުވެލިފުށީ ޕްރީ ސްކޫލަށް ފަރުނީޗަރު ހަދިޔާ ކޮށްފައިވާ އިރު، މީގެ ކުރިން އެ ސްކޫލްގައި ގޮނޑި އާއި މޭޒު ނުހުންނަ ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ.
ޝިޔާމްގެ ފަރާތުން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ އިއްޔެ ނައިފަރު ނޫރާނީ ސްކޫލް އަދި ރޯޝަނީ ޕްރީ ސްކޫލްގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތުގައި ދެ ޕްރީސްކޫލަށް ބޭނުންވާ ޗައިލްޑް ފްރެންޑްލީ އެޑިއުކޭޝަނަލް ޓޯއީސް އާއި ބައެއް ފަރުނީޗަރުގެ އިތުރުން އުމްރާނީ ބައެއް ކަހަލަ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަދަރުސަތުލް އިފްތިތާހުގައި ކިޔަވައި ދެއްވައި ޓީޗަރުންގެ ތެރެއިން ޑިޕްލޮމާފެންވަރު ނެތް 10 ޓީޗަރަކަށް ނައިފަރު ކައުންސިލް އަދި ޅ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަސްރަފްގެ އެހީތެރިކަމާ އެކު ޑިޕްލޮމާއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައި ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލިސްގެ ނައިފަރު ދާއިރާ އަށް ޝިޔާމް ކުރިމަތިލައްވާ އެ ގޮނޑި ކާމިޔާބު ކުރެއްވި އިރު، ހުރީ އަމިއްލަ މެމްބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ސަރުކާރު ހިންގާ ޕީޕީއެމްއަށް ސޮއި ކުރައްވައިފަ އެވެ.
ނައިފަރު ދާއިރާގެ މެމްބަރު ތިން ސްކޫލަކަށް ފަރުނީޗަރު ހަދިޔާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ