ރާއްޖޭގެ މުސްތަގުބަލު ފުނޑާލުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރައްވަމުން ގެންދަވާ މަސައްކަތާއި ދެކޮޅަށް އަޑު އުފުލަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައިއެވެ.
ޕީޕީއެމްގެ ނައިބު ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ އަދީބު ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ހުރިހާ ޒުވާނުން މިއަދު ހަވީރު އޮންނަ ހިނގާލުމުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
"ގިނަވަނީ ގިނަވަނީ" ގެ ނަމުގައި އޮންނަ މި ހިނގާލުން ފެށޭނީ މިއަދު ހަވީރު 4 ޖަހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.
މީގެއިތުރުން އަދީބު ވިދާޅުވެފައިވަނީ ރާއްޖޭގެ މުސްތަގުބަލު ފުނޑާލުމަށް ރައީސް ނަޝީދާއި ގާސިމް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެހެންކަމުން އެދެބޭފުޅުންނާއި ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ ކަމަށެވެ.
ރައީސް ޔާމީނަށް ތާއީދުކޮށް ޒުވާނުންތަކެއް މުޒާހަރާ ކުރާއިރު، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ ކޮންމެ ރެއަކު މާލޭގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި މިރޭ ދެޕާޓީ ގުޅިގެން މާލޭގެ މަގުތަކުގައި ހިނގާލުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މިމަހުގެ 27 ވަނަ ދުވަހުގެރޭ އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މާލޭގައި ބޮޑު މުޒާހަަރާއެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ނަޝީދާއި ގާސިމް ކުރާ މަސައްކަތާއި ދެކޮޅަށް އަޑު އުފުލަން ޖެހޭ - އަދީބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ