އިތުރު 103 މީހުން ޕޮޒިޓިވްވެ ކޮވިޑް ޖެހުނު މީހުންގެ އަދަދު 24،651 އަށް

މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ރާއްޖެއިން އިތުރު 103 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 58 މީހުންނާއި، އަތޮޅުތެރެއިން 24 މީހުންގެ އިތުރުން ރިޒޯޓުތަކުން 21 މީހުންނެވެ.
ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ނުދިޔަ ނަމަވެސް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން މިހާރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެނީ 94 މީހުންނަށެވެ.
މިހާތަނަށް ރާއްޖެއިން 24،651 މީހަކަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާއިރު މިހާރު ބަލިން ރަނގަޅު ނުވެ ތިބީ 3،063 މީހުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން ވަނީ 67 މީހަކު މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ