ޤިސާސް ހިފުމާއި(މަރަށްމަހު ހިފުން) ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ދެއްކެވީ ވަރަށް ޖާހިލު ވާހަކައެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
މަރަށްމަރު ހިފުމާއި ދެކޮޅަށް މެމްބަރު މުޙައްމަދު ވަޙީދު ދެއްކެވި ވާހަކަ، އެމްޑީޕީން ދިފާއު ކޮށްފައިވާ ދަނޑިވަޅެއްގައި ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަރަށް މަރުހިފުމަކީ އިސްލާމްދީނުގެ އިތުރުން ކުރިއަރާފައިވާ އެތައް ޤައުމެއްގައިވެސް ދޭ އަދަބެއް ކަމަށެވެ. 
"ވައްޑޭ ކުރީ ޖިނާޢީ ކުށެއް، ތަޙްޤީގްކޮށް ފިޔަވަޅުއަޅަންޖެހޭ." ޑރ.ޖަމީލު އިތުރަށް ވިދާޅުވީ މެމްބަރު ވަހީދުގެ ސަބަބުން މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުން ބޮޑު ކަމަށެވެ.
މަރަށް މަރު ހިފުމާއި ގުޅޭގޮތުން މެމްބަރު ވަހީދު ދެއްކެވި ވާހަކައަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
    
    ޤިސާސް ހިފުމާއި ގުޅޭގޮތުން މެމްބަރު ވަހީދު ދެއްކެވީ ޖާހިލު ވާހަކައެއް: ޑރ.ޖަމީލު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            