ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަނީ

ޑޮލަރު ދޭނެ ކަމަށްބުނެ މަކަރު ހެދި މައްސަލައަކާ ގުޅިގެން ތަޙުޤީގަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދުމަށް ފުލުހުން އިޢުލާނުކޮށްފިއެވެ.
އެގޮތުން ފުލުހުންގެ ތަޙުޤީގަށް ހާޒިރުވުމަށް އެދި އިޢުލާނު ކޮށްފައިވަނީ މއ. ހަނީސަކްލް، ޙުސައިން ޝިފާއު އެވެ.
ފުލުހުން ބުނީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަޙުޤީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.
ތަޙުޤީޤަށް މީހުން ހާޒިރު ކުރަން ފުލުހުން އިޢުލާނު ކުރަނީ ޖިނާޢީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ