ޔުއެފާ ޗެމްޕިއަންސް ލީގު: ސިޓީ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ ޕީއެސްޖީ ބަލިކުރުމަށްފަހު ލީގުގެ ފައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.ސެމީ ފައިނަލުގައި ކުޅުނު ދެ ލެގުގައިވެސް ޕީއެސްޖީގެ މައްޗަށް ކުރި ހޯދައި، ސިޓީން ފައިނަލް ޔަގީންކުރީ އެގްރިގޭޓް 4-1ގެ ނަތީޖާއަކާ އެކުގައެވެ. ޕީއެސްޖީގެ ދަނޑުގައި ހަފުތާއެއް ކުރިން ކުޅުނު ފުރަތަމަ ލެގު ސިޓީން 2-1ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި އޮވެ، މިރޭގެ މެޗަށް އުންމީދާއެކު ނުކުތް ސިޓީން އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ.މި މެޗުގައި ސިޓީގެ ދެ ލަނޑުވެސް ޖަހައިދިނީ މޮޅު ކުޅުމެއް ދެއްކި ރިޔާދް މަހްރޭޒް އެވެ. މީގެއިތުރުން ސިޓީގެ ކެވިން ޑިބްރޭނާ ގެ ފަރާތުން ފެނުނު ކުޅުންވެސް ފާހަގަކޮށްލެވެއެވެ.މިރޭ ކުޅުނު ސެމީގެ ދެވަނަ ލެގުގެ މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 11 ވަނަ މިނެޓްގައެވެ. އެގޮތުން ސިޓީން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލު ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒް އެވެ.ނަތީޖާ އެއްވަރުކޮށްލަން ޕީއެސްޖީ އަށް ރަނގަޅު ފުރުސަތެއް ފުރަތަމަ ހާފްގައި ލިބިގެން ގޮސްފައެވެ. އެގޮތުން އެޓީމުގެ ޑިފެންޑަރު މާކިއުނޯސް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، އެންހެލް ޑިމަރިޔާ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.މަހްރޭޒްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައެވެ. މިއީ ވެސް ޕީއެސްޖީން ކުރިޔަށް ޖެހިލި ދަނޑިވަޅު ރީތި ކުޅުމަކާއެކު ކައުންޓަރ އެޓޭކަށް އަރާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ފިލް ފޮޑެން ގެ އެހީއާއެކު މަހްރޭޒް ކާމިިޔާބުކުރި ލަނޑެކެވެ. މިއީ ސިޓީއަށް ތާރީހީ ކާމިިޔާބެކެވެ. އަދި މިހާތަނަށް އެ ޓީމު ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރެއް ނުކުރެވެއެވެ. މިއީ ސިޓީގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލުން އެޓީމު ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ސިޓީއަށް މި ސީޒަނުގައި މިހާތަނަށް އިނގިރޭސި ލީގު ކަޕް ވަނީ ކާމިޔާބުކުރެވިފައެވެ. އަދި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް އެ ޓީމަށް ދެން ބޭނުންވަނީ ބާކީ އެއް މޮޅެވެ. މިއާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރުމުގެ ފުރުސަތު އެ ޓީމަށް މި އޮތީ ލިބިފައެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.ސިޓީއާ ދެކޮޅަށް ފައިނަލުގައި ކުޅޭނީ ޗެލްސީ ނުވަތަ ރެއާލް މެޑްރިޑެވެ. ޗެލްސީއާއި ރެއާލް ކުޅޭ ސެމީ ފައިނަލް ދެވަނަ ލެގު މެޗު އޮންނާނީ މާދަމާ ރޭއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ