އިންޑިއާގެ މަނިފޫރުގެ ޗުރްޗަންދްޕޫރުގެ ރައްޔިތުންގެ ބަޔަކު ނިކުމެ އިންޑިއާގެ މިނިސްޓަރަކާއި ތިން ޕާލަމެންޓް މެމްބަރުންގެ ގެ އަންދާލައިފި އެވެ.
މި ހާދިސާގައި އަންދާލާފައިވަނީ އެ ސަރަހައްދުގެ ހެލްތު މިނިސްޓަރުގެ ގެ އާއި ތިން މަޖިލިސް މެމްބަރުންގެ ގެ އެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ ވެހިކަލްގައި ވެސް އަލިފާން ރޯކޮށްލި އެވެ. މި ހާދިސާގައި އާންމުންގެ ތިން މީހަކު މަރުވެ ފަސް މީހަކު ޒަހަމް ވި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ހާދިސާ ހިންގާފައިވަނީ މަނިޕޫރުގެ ގާނޫނު ހަދާ މަޖިލީހުން ހަތަރު ބިލެއް ފާސްކުރުމާއި ގުޅިގެންނެވެ. އެ ހަތަރު ބިލަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ހައްގުތައް ރައްކާ ކުރާ ބިލާއި، މަނިޕޫރުގެ ބިމުން ލިބޭ މަންފާ އާއި ބިމަށް ގެނެވޭ ބަދަލުގެ ބިލާއި މަނިޕޫރުގައި ވިޔަފާރި ކުރުމުގެ އުސޫލުތަކުގެ އިތުރުން އިނަ ލައިން ޕާމިޓް ސިސްޓަމް ބިލެވެ.
ޗުރްޗަންދުޕޫރުގެ ރައްޔިތުން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައިވަނީ އިނަ ލައިން ޕާމިޓް ސިސްޓަމް ބިލު ފާސް ކުރުމާއި ގުޅިގެންނެވެ. އެ ބިލުގައި ވާގޮތުން ޗުރްޗަންދުރަޕޫރަށް ޒިޔާރަތް ކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ހުއްދައެއް ނަގަން ޖެހެ އެވެ.
ގެތަކުގައި އަލިފާން ރޯކޮށްލި އިރު މިނިސްޓަރުވެސް އަދި މަޖިލިސް ތިން މެމްބަރުންވެސް ގޭގައި ނެތްކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާގެ މަނިޕޫރު ރައްޔިތުން ތަކެއް ނިކުމެ މިނިސްޓަރަކާއި ތިން އެމްޕީ އެއްގެ ގެ އަންދާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ