އޭވައިއެލްގެ މައްޗަށް 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދާ އެލް މޮބައިލް ޔޫތް ޗެމްޕިއަންޝިޕްގެ ސެމީއަށް އީގަލްސް ދަތުރުކޮށްފިއެވެ.
މި މެޗުގެ ފުރަތަމަ ހާފް އީގްލްސް އިން ނިންމާލީ އެއް ގޯލުގެ ލީޑަކާއެކުގައެވެ. މި ގޯލް މެޗުގެ 38 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާންއެވެ.
އަދި ދެވަނަ ހާފްގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އީގަލްސްގެ ރިޒުވާން ވަނީ އިތުރު ދެ ގޯލްޖަހާ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ.
އީގަލްސްއިން ދެން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު މުސްލިހުއެވެ. އީގަލްސްގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހިމްއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ހެޓްރިކެއް ހެދި އީގަލްސްގެ އަހުމަދު ރިޒުވާންއެވެ.
މާދަމާ ކުއާޓާފައިނަލްގެ ދެ މެޗް ވަނީ ކުޅެން ހަމަޖެހިފައެވެ. އެގޮތުން ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓާއި ކެލާ ނާޅި ސްޕޯޓްސް ކްލަބްއެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުށި ޒުވާނުންގެ ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބްއެވެ.
އޭވައިއެލްގެ މައްޗައް ފަސޭހަކަމާއެކު ކުރި ހޯދާ އީގަލްސް މުބާރާތުގެ ސެމީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ