އެެޗްއީއޯސީގެ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު ބާއްވަނީ

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން މިއަދު ހަވީރު ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާއި ގުޅިގެން މާލޭ ސިޓީގައި އިތުރަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް ހާމަކުރާނެއެވެ.  
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނީ އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގް އަދި އެޗްޕީއޭގެ އޮފިޝަލެއްކަމަށްވާ އިބްރާހިމް ނިޝާނެވެ. 
މި ހަފްތާގައި ދިވެހިރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ