އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރުހުން ހޯދުމަށް ފޮނުއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ޑރ. މުހައްމަދު އިބްރާހިމާއި، އަލްއުސްތާޒު އަލީ ރަޝީދު ހުސައިން، ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮޮށް އޮތް ދެ މަގާމަށް، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން އޮތީ އެދިވަޑައިގެންފަ އެވެ. އަދި އެ ދެ މަގާމަށް ޝައުގުވެރިވާ ބޭފުޅުންގެ އެކަމަށް ކުރިމަތިލާން ޖޭއެސްސީން ވެސް ފުރުސަތު ހުޅުވާލި އެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އަލީ ރަޝީދާއި ޑރ. މުހައްމަދު އެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ލަފާ ދެއްވާފައިވާ ކަމަށާއި އެހެންވެ، އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ދަފްތަރު. ނަންބަރު 2302 އޛ.ޢަލީ ރަޝީދު ޙުސައިން އާއި ހދ.ކުޅުދުއްފުށި ފިނިފެންޖަންބުގޭ ޑރ. މުޙައްމަދު އިބްރާހީމް ޢައްޔަންކުރުމަށް ޖޭއެސްސީއިން މަޝްވަރާ ދެއްވާފައިވާތީ، ދެބޭފުޅުންގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިން.
— Ibrahim Mohamed Solih (@ibusolih) August 19, 2020
ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާއި ހަވާލުކުރީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ