ކާލިންކަޕް ފައިނަލް: ފަބްރިގާސް ލައްވައި ތަށި އުފުލާލުމުގެ ހުއްދަ އަށް އާސެނަލް އެދިއްޖެ

މިރޭ ކުޅޭ ކާލިން ކަޕް ފައިނަލުގައި ނުކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި އިންނަން ޖެހިފައިވާ ކެޕްޓަން ސެކް ފަބްރިގާސް ލައްވައި ތަށި އުފުލާލުމުގެ ހުއްދަ އަށް އާސެނަލް އިން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގައި އެދިއްޖެ އެވެ.
ފަބްރިގާސް އަށް މިރޭގެ މެޗުގައި ބާމިންހަމާ ދެކޮޅަށް ނުކުޅެވެނީ ފަޔަށް ލިބުނު ހާނިއްކައެއްގެ ސަބަބުންނެވެ. އޭނާ އަށް އަނިޔާވީ ބުދަ ދުވަހު އަމިއްލަ ދަނޑުގައި 1-0 އިން ސްޓޯކް ސިޓީ އަތުން އާސެނަލް މޮޅުވި މެޗުގައި ފުރަތަމަ 14 މިނިޓް ވެސް ނުވަނީހެވެ. ނަމަވެސް ފައިނަލް މެޗުގައި ކުޅެން ކެތްމަދުވެފައި ހުރި ކުޅުންތެރިޔާ ވަނީ ބެންޗުގައި ނަމަވެސް އޭނާ ބޭންދުމަށް ކޯޗު އާސެން ވެންގާގެ ކިބައިން އާދޭސްކޮށްފަ އެވެ.
ފަސް އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ތައްޓެއް ހޯދަން އާސެނަލް މާދަމާރޭ ބާމިންހަމްއާ ދެކޮޅަށް ކުޅޭ މެޗުގައި ފަބްރިގާސް ކުޅެން ބޭނުންވަނީ ކެޕްޓަނުގެ ގޮތުގައި ތަށި އުފުލާލުމުގެ ޝަރަފު ލިބިގަތުމަށްޓަކަ އެވެ.
މިހެންވެ އާސެނަލް އިން ވއެދުނީ މެޑަލް ލިބިގަތުމަށާއި ތަށި ލިބިއްޖެނަމަ އެ ތަށި އުފުލާލަން ރޮސްޓަމަށް އޭނާ ދިއުމުގެ ހުއްދަ އަށެވެ.
ފަބްރިގާސް ނެތިއްޖެނަމަ ކެޕްޓަންކަން ކުރާނި ރޮބިން ވެންޕަސީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ