ވެލިދޫ ދާއިރާގެ މެންބަރު އެމްޑީޕީއަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
އިތުބާރުހުރި ފަރާތަކުން ވަނީ އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވިކަން ކަށަވަރު ކޮއްދެއްވާފައެވެ. އަލީ މުހައްމަދު އެމްޑީޕީއަށް ސޮއި ކުރައްވާފައި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވެފައި ވަނީ އެމްޑީޕީއަށް މަޖިލިސް މެންބަރަކު ސޮއި ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރެއްކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
އަލީ މުހައްމަދު އެމްޑީޕީއަށް ސޮއި ކުރެއްވިއިރު އޭނާ މަޖިލީހުގެ ގޮނޑި ހޯއްދެވީ ޑީއާރްޕީގެ ޓިކެޓްގައި ވާދަކުރައްވަވައިގެންނެވެ.
ނަމަވެސް ފަހުން އޭނާ ވަނީ އެޕާޓީއިން ވަކިވެވަޑައިގެން މިނިވަން މެންބަރެއްގެ ގޮތުގައި ހުންނަވާފައެވެ. އޭގެ ފަހުން އޭނާ އެހެން ޕާޓީއަކަށް މިހާތަނާއި ޖެހެންދެން ވެސް ސޮއިކުރައްވާފައެއް ނުވެ އެވެ.
އޭނާ މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވިއަސް މިހާތަނަށް ވޯޓުދެއްވަވަމުންގެންދެވީ އެމްޑީޕީ ކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ