ރައްޔިތުންގެ މަޖިލީހުން މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ހުށަހެޅުނު ބިލު ފާސްކޮށްފިއެވެ.
މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ.
މި އިޞްލާހުގައި ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ވަނީ ހުށަހަޅާފައެވެ. މަޖިލީހުގެ ޖަލްސާގައި 68 މެންބަރުން ވަނީ މި ބިލު ފާސްކުރަން ވޯޓުދެއްވާފައެވެ.
މި ބިލަށް ވޯޓަށް އެހީ އަތް އުފުލައިގެންނެވެ. މިގޮތަށް މި ބިލް ފާސްކުރަން ވޯޓަށް އެހީ ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވެގެން ކަމަށް މަޖިލިހުގެ ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ބިލް ފާސްކުރަން ވޯޓު ދޭން ވެރިކަންކުރާ ޕީއެންސީން އޮތީ ތްރީލައިން ވިޕެއް ނެރެފައެވެ. މާލޭގައި ނެތުމުން ޕީއެންސީގެ ބައެއް މެމްބަރުންނަށް އެ ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވުނުއިރު، ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން މަޖިލީހަށް ވަޑައިގަތްނަމަވެސް ބިލަށް ވޯޓުނުދެއްވައެވެ. މަޖިލީހަށް ބިލް އިއްޔެ ބަލައިގަތް ވޯޓުގައި ވެސް މެންބަރު އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ