ގޯލްޑަން ފުޓްސަލް ޗެލެންޖް: މަންދޫ ބަލިކޮށް މަތިވެރިން ގަދަ 16 އާ ގާތަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: މަންދޫ ބަލިކޮށް މަތިވެރިން ގަދަ 16 އާ ގާތަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތަރެއްގައި މަތިވެރިން ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށް ގަދަ 16 އާ ގާތައް ޖެހިލައިފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ޒޯން ހަތަރެއްގެ މެޗުތައް ކުރިއަށްދިޔައިރު، މަތިވެރިން މަންދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި މަހިބަދޫން ވަނީ 3-1 އިން ކެޔޮދޫގެ މައްޗަށް ކުރިހޯދައިފަަ އެވެ.
މި މެޗުގެ 11 ވަނަ މިނިޓުގައި މަތިވެރިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ޝަފުރާޒް އެވެ. އަދި ދެވަނަ ހާފު ފަށައިގެން ދެ ވަނަ މިނިޓުގައި މަތިވެރީގެ ލީޑު ފުޅާކޮށްދިނީ އަހުމަދު ފިރާޝް (ކަހޫ) ޖެހި ގޯލުންނެވެ.
އެކަަމަކު, މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް މަންދޫގެ އިބްރާހީމް އިމްރާން ހާފުގެ މެދެއްހާ ހިސާބުގައި ހުރެފައި ވަނީ ގޯލު ޖަހައި އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އިތުރު ގޯލެއް ޖަހައިގެން އެއްވަރުކުރަން މަންދޫ އަށް ފުރުސަތެއް ނުލިބުނެވެ.
މަހިބަދޫ އާއި ކެޔޮދޫ ކުޅުނު މެޗުގެ ހަތަރު ގޯލު ވެސް ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނިޓުގައި މަހިބަދޫ އަށް ލީޑު ނަގާދިނީ އަބްދުالله މިދުހަތު ފަހުމީ (ބިޗަޑް) ޖެހި ގޯލުންނެވެ. އަދި މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް މަހިބަދޫގެ ލީޑު ފުޅާކޮށްދިނީ އާދަމް ނާއިލް ޖެހި ގޯލުންނެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން މަހިބަދޫގެ އިބުރާހީމް ނޫރައްދީން އަތުން ބައިކޮޅަށް ގޯލެއް ވަނީ ވަދެފަ އެވެ. މަހިބަދޫގެ ތިން ވަނަ ގޯލު އެ ޓީމަށް ޖަހާދިނީ ޝުއައިދު ސައީދު އެވެ.
20:00: ޒޯން 1: ދިއްދޫ - ނޭކުރެންދޫ
20:00: ޒޯން 1: ނައިވާދޫ - ވަށަފަރު
21:00: ޒޯން 3: ކުރެންދޫ - އޭދަފުށި
21:00: ޒޯން 3: މާފުށި - ކާށިދޫ
22:00: ޒޯން 8: ހުޅުމާލެ - ވިލިމާލެ
22:00: ޒޯން 8: މާފަންނު - މައްޗަންގޯޅި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ