ހުޅުމާލެ ފޭސް 2 ގެ ހިޔާ 13 ވަނަ ޓަވަރުން މިއަދު 30 މިނެޓަށް ކަރަންޓް މެދުކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަންގައިފިއެވެ.
ރޭގައި އެކްސްގައި ސްޓެލްކޯއިން ކޮށްފައިވާ ޕޯސްޓެއްގައި ހިއްސާ ކޮށްފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ބަހާލައިގެން ކުުރުމަށް ތާވަލުކުރެވިފައިވާ ކަމަށާއި، ހިޔާގެ 13ވަނަ ޓަވަރުގައި މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 27 އެޕްރީލް 2025 ވާ އާދީއްތަ ދުވަހު (މިއަަދު) ކަމަށެވެ.
އެހެންކަމުން ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު، އެ ޓަވަރުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
Advertisement
އަދި މަސައްކަތް ކުރިއަށް ގެންދާ ވަގުތު އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ހިޔާ 13 ވަނަ ޓަވަރުން މިއަދު 30 މިނެޓަށް ކަރަންޓް މެދުކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ