މިއީ ރައްޔިތުންގެ އުންމީދުތަކުގައި ހަޤީޤީ ކުލަޖެހިގެންދާގެ ދަތުރުފުޅަކަށްވާނެ: ކުޑަހުވަދޫ ކައުންސިލް ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރްސީއެމުންވެސް ތަޙުޤީޤުކުރަން ފަށައިފި ސެލެބްރިޓީ މާސްޓާޝެފް: ޝޯ މެދުތެރެއިން ވަކިވިކަން ދީޕިކާ ކަށަވަރުކޮށްދީފި އޮރެންޖު

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރަކަށް ގއ.ވިލިނގިލި، ވައިޖެހޭގެ ޔަޒްމީދު މުޙައްމަދު، މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ޔަޒްމީދު ވަނީ ރައިސްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ޔަޒްމީދަށް ހުވައިލައިދެއްވީ، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
މި ރަސްމިއްޔާތުގެ ކުރިން، ރައީސް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުކަމުން، ރ.އިނގުރައިދޫ، ހިތްވަރު އަލްއުސްތާޛު މުޙައްމަދު ސަމީރު ވަކިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އަލްފާޟިލް ޔަޒްމީދު މުޙައްމަދާ ވަނީ ޙަވާލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ