ނަފުސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން، ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާއާ މަޝްވަރާކޮށްފި
ނަފުސާނީ ބަލިތަކާއި ޑިޖިޓަލް ހެލްތު ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް, އިންޑިއާގެ ހެލްތު މިނިސްޓަރާއެކު މަޝްވަރާ ކުރައްވައިފިއެވެ. ހެލްތް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ މިނިސްޓަރު ނާޒިމް އިންޑިއާގެ ހެލްތު މިނިސްޓަރު ޖަގަތު ޕްރަކާޝް ނައްޑާއާ ބައްދަލު ކުރައްވައި، ސިއްހީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނަފުސާނީ ބަލިތަކާއި ޑިޖިޓަލް ދާއިރާއިން އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް އެ ޕޯސްޓުގައިވެއެވެ. ހެލްތް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ސިއްހީ ދާއިރާއިން ގުޅުން ހަރުދަނާކޮށް, އެ ދާއިރާގެ ފެންވަރު މަތިކުރުން ކަމަށެވެ. މި ބައްދަލު ކުރެއްވުން ކުރިޔަށް ގެންގޮސްފައިވަނީ އިންޑިއާގެ ނިއުދިއްލީގައި އޮތް ގްލޯބަލް ހެލްތު ޑައިލޮގުގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރު ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ